April 9, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

މި ސަރުކާރުގައި ކޮރަޕްޝަނަކީ ގައިން ގަޔަށް އަރާ ބައްޔަކަށް ވެއްޖެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 8, 2024, 03:06 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކޮރަޕްޝަންވެފައިވަނީ ގައިން ގަޔަށް އަރާ ބައްޔަކަށް ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހާލަތަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ޕީއެންއެފުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، މިއީ ރައްޔިތުންނަށްވީ ވައުދާ އަހުދާ އެންމެ އަވަހަށް ޚިލާފުވި ވެރިންގެ ވެރިކަން ކަމަށާ މި ސަރުކާރުގައި ވައްކަމާ ފަސާދަ އަދި ކޮރަޕްޝަން ވަނީ އިންތިހާއަށް ގޮސްފައި ކަމަށެވެ.

އެގޮތުން ރައީސް ޔާމީން މި ސަރުކާރުގައި ކޮރަޕްޝަން އޮތް މިންވަރު ސިފަކޮށްދެއްވީ ގައިން ގަޔަށް އަރާ ބައްޔެއްގެ ގޮތުގައެވެ.

ވައްކަމާ ކޮރަޕޝަން ގައުމުގައި އިންތިހާ. މި ސަރުކާރުގައި ކޮރަޕްޝަނަކީ ގައިން ގަޔަށް އަރާ ބައްޔަކަށް ވެއްޖެ. އެއީ ނުރައްކާތެރި ކަމެއް.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ތެރެއިން ބޭބޭފުޅުން ކުރައްވަމުން ގެންދަވާ ނޭނދެވޭ ކަންކަން ބަލާ ތަހުގީގުނުކުރެވޭ ކަމަށާ އެހެން އެކަން ނުކުރެވެނީ މި ސަރުކާރުގައި ތިއްބެވީ ރައީސް މުއިއްޒަށް ފައިސާ ދީގެން މަގާމުތައް ގަނެ އެ މަގާމުތައް ކަށަވަރުކޮށްގެން ތިއްބެވި ބޭފުޅުން ކަމަށް ވުމުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved