March 14, 2026
Advertisement
ޕްރިޒަންސްގެ އެސިސްޓެންޓު ކޮމިޝަނަރ އާސިފް
ޕްރިޒަންސްގެ އެސިސްޓެންޓު ކޮމިޝަނަރ އާސިފް / ތޭރަގްރެފިކްސް

ޕްރިޒަންސްގެ އެސިސްޓެންޓް ކޮމިޝަނަރ ސަސްޕެންޑްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Nov 8, 2024, 09:13 PM
މާލެ ސިޓީ

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.

Advertisement

ކަރެކްޝަންސްއިން ހާމަކޮށްފައިވާ ގޮތުގައިި އިއްޔެގެ ވަގުތަކުން ފަށައިގެން އާސިފު ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ސާރވިސް އިން މުވައްޒަފުންނަށް ފޮނުވި އެންގުމެއްގައި، އިއްޔެއިން ފެށިގެން އެ ސާރވިސްގެ ހިއުމަން ރިސޯސް ސެކްޝަންގެ ހުއްދަ ނެތި އާސިފް އެ ސާރވިސްގެ އެއްވެސް އިމާރާތަކަށް ވަނުމަން މަނާކޮށްފައިވެއެވެ.

އެ އެންގުމާ ހިލާފަށް އާސިފު އަމަލުކުރައްވައިފި ނަމަ އެކަން ކަރެކްޝަންސްގެ އެޗުއާރު ސެކްޝަނަށް އަންގައިދިނުމަށްވެސް ވެސް އެދިފަވެއެވެ.

"ތޭރަ އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑޔާ އޮފިސަރ ޔުސްރީން ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އިއްޔެ އިން ފެށިގެން އާސިފް ސަސްޕެންޑްކޮށްފައިވާ ކަމަށާ ނަމަވެސް އެ މައްސަަލައަކީ ތަހުގީގީ މަރުހަލާގައި އޮތް މައްސަލައަކަށް ވުމުން އިތުރު ތަފްސީލު ހިއްސާކުރެވެން ނެތް ކަމަށެވެ.

އާސިފް ސަސްޕެންޑް ކޮށްފައިމިވަނީ، އޭނާ އިސްކޮށް ހުންނަވާ ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ އެ މައްސަލަ ތިލަވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved