May 3, 2026
Advertisement
ޑރ.މުހައްމަދު ޖަމީލް އަހްމަދު
ޑރ.މުހައްމަދު ޖަމީލް އަހްމަދު / ތޭރަ އޮންލައިން

ރައީސް މުއިއްޒުގެ އަތްޕުޅުން ރައީސް ޔާމިނަށް ދެއްވި ލުޔެއް ނެތް: ޑރ.ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Feb 3, 2024, 06:43 PM
މާލެ ސިޓީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަތްޕުޅުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދެއްވި ލުޔެއް ނެތްކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ.ޖަމީލް މިފަދައިން ވިދާޅުވީ "ވީކެންޑް ވިތް ޑރ.ޖަމީލް"ގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެެމަނިކުފާނު ވިދާޅުވީ ރައީސް ޔާމިނަށް ދެއްވާފައިވާ ލުއި ތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދެއްވާފައިވާ ލުއިތަކެއްކަމަށެވެ.

މި ސަރުކާރުން ރައީސް ޔާމިން މިނިވަން ކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައިވާއިރު ކުޑަމިނުން މި ސަރުކާރު އައި ފަހުން އެމަނިކުފާނަށް ލުއިތަކެއް ނުދެއްވާކަމަށްވެސް ޑރ.ޖަމީލް ފާހަގަކުރެއްވިއެވެ.

ލިބުން ލުއި ތަކެއް ހަމަ ހަގީގަތުގައިވެސް ރާއްޖޭގެ ރައްޔިތުންނަށްވެސް އެނގޭ ފަދައިން ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް. އެއީ ރައީސް މުއިއްޒުގެ އަތްޕުޅުން ލިބުނު ލުޔެއް ނެތް.

ރައީސް ޔާމީން

ޑރ.ޖަމީލް އިތުރަށް ވިދާޅުވީ ރައީސް ޞާލިހް ރައީސް ޔާމިނަށް ލުއިތަކެއް ދެއްވާފައިވަނީ އެމަނިކުފާނު ތާއިދު ކުރެއްވި ކެންޑިޑޭޓް ރިޔާސީ އިންތިޚާބް ކާމިޔާބު ކުރެއްވުމުން ރައްޔިތުންގެ ނިންމުން ސާފުވުމުންކަމަށެވެ.

ރައީސް ޔާމިން މިނިވަން ކުރައްވާނެކަމަށް ވައުދުވެވަޑައިގެން ސަރުކާރަކުން އެމަނިކުފާނަށް ލުއިތަކެއް ނުދެއްވާ އެމަނިކުފާނުގެ ޝަރީއަތްތައް ލަސްކުރަމުންދާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved