މާލެ ސަރަހައްދުގައި ޕިކްނިކް ދިއުމަށް ހާއްސަކޮށްފައިވާ ކުޑަގިރީގައި އެމްއައިބީން 1000 ގަސް އިންދައިފި އެވެ.
އެމްއައިބީން ބުނީ ކުޑަގިރީގައި ގަސް އިންދަން ކުރިއަށް ގެންދިޔަ ހަރަކާތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި އެމްޓީސީސީ އާއި އޭޝިއާ ފޯވަޑިން އާއި އައި ކެއާ އާއި ފުލުހުންނާއިދި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން ޕާޓްނަރުންގެ ގޮތުގައި ބައިވެރިވި ކަމަށެވެ.
ގަސްއިންދުމުގެ ހަރަކާތުގައި ގިޔާސުއްދީން ސްކޫލްގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ވެސް ބައިވެރިވެފައިވެ އެވެ. ވާކަން އެ ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ.
މި ހަރަކާތް ރަސްމީކޮށް ފައްޓަވައި ދެއްވަމުން އެމްއައިބީގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ ވަނީ ތިމާވެށި ހިމާޔަތް ކުރުމަކީ އެންމެންގެ ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން ކުރިއަށް ދިއުމަށް ބައިވެރިންނަށް ނަސޭހަތްތެރިވެފަ އެވެ.
އެމްއައިބީން އަންނަނީ އެ ބެންކުގެ އިޖުތިމާއީ ޒިންމާ ޕްރޮގްރާމުގެ ދަށުން މުޖުތަމައަށް ފައިދާކުރާ އެކި މަސައްކަތްތައް ކުރަމުންނެވެ.