April 16, 2026
Advertisement
އެމްޑީޕީގެ "ފުދިއްޖެ-ފުނޑިއްޖެ" މުޒާހަރާގެ ޕޯސްޓަރު
އެމްޑީޕީގެ "ފުދިއްޖެ-ފުނޑިއްޖެ" މުޒާހަރާގެ ޕޯސްޓަރު / އެމްޑީޕީ

ފުދިއްޖެ-ފުނޑިއްޖެގެ ނަމުގައި ބޮޑު އެއްވުމެއް!

Mariyam Isaadha
މަރިޔަމް އިސާދާ
Nov 11, 2024, 08:17 PM
މާލެ ސިޓީ

ފުދިއްޖެ، ފުނޑިއްޖެގެ ނަމުގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

Advertisement

މި އެއްވުން އޮންނާނީ މާދަމާ ރޭ އާޓިފިޝަލް ބިޗު ސަރަހައްދުގައެވެ. މި އެއްވުމަކީ ގައުމުގެ މިއަދުގެ ކަންކަން ބޮއްސުން ލާފައިވާތީ އެކަންކަމަށް ނަޒަރު ހިންގާލާ ދިވެހި ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމަށް ބާއްވާ ޖަލްސާ އުސޫލުން ކުރިއަށްދާނެ އެއްވުމެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޖަލްސާ ބާއްވަނި ރާއްޖޭގެ ސިޔާސީ ޕާޓީ އެމްޑީޕީއިން އިސްނަގައިގެންނެވެ. އެމްޑީޕީން ބުނީ އެ ޖަލްސާ ފަށާނީ މާދަމާ ރޭ 8:30 ގައި ކަމަށާއި ވީހާ ވެސް ގިނަ މީހުން ޖަލސާގައި ބައިވެރުވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ގައުމުގައި ހުރި މައްސަލަތައް ބޮއްސުންލާ ހައްލެއް ނުލިބޭތީ އެމްޑީޕީއިން ޖަލްސާއެއް ބާއްވާއިރު ރައްޔިތުންނަށް ނިމިދިޔަ ސަރުކާރުން ދީފައި ހުރި ފްލެޓާ ގޯތި ވެސް އަދިވެސް ނުދީ ވަނީ ހިފަަހައްޓާފައެވެ. އަދި އިންފްލޭޝަން މަތިވެ ތަކެތީގެ އަގު އިންތިހާއަށް ވަނީ މަތިވެފައެވެ. ޑޮލަރު ލިބުން ދަތިވެ ބޭރު ގައުމުތަކަށް ދަތުރުކުރުން ވަނީ އުނދަގޫވެފައެވެ. މަސްވެރިންނަށް ލިބެންވާ ފައިސާ ހޯދަންވެސް ޖެހެނީ އިހުތިޖާޖުކުރަންށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved