April 16, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ސޯޝަލް މީޑިއާ

އަޅުގަޑު ޖަލަށް ލެވިދާނެކަމަށް ކުރަނީ ކުށް ހީ އެއް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 12, 2024, 03:27 AM
މާލެ ސިޓީ

އެމަނިކުފާނު ޖަލަށްލުމުގައި މި ސަރުކާރުގެ ވެރިން ކުރަމުން ގެންދަނީ ކުށް ހީ އެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ދަ ފްރޮންޓް އޮފީހުގައި ހޯމަ ދުވަހުގެ ރޭ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިފާނާ ދެކޮޅަށް ދެއްކޭނެ ސައްހަ ހެއްކެއް ނެތް ކަމަށާ އެހެންކަމުން ކޯޓުތަކުގެ ފަނޑިޔާރުން ގޯސް ނުހަދައިފި ނަމަ އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް ނުއިއްވޭނެ ކަމަށެވެ.

މި އިންނެވީ އަޅުގަޑުގެ އިސް ވަކީލު. ދައުލަތުން މިފަހުން އަޅުގަޑާ ދެކޮޅަށް ހުށަހެޅި ދެ މައްސަލައިގައިވެސް އަޅުގަޑާ ދެކޮޅަށް ހެއްކެއް ނެތް. އޮތީ އަދީބުގެ ދޮގު ބަޔާނެއް. އެއަށް ބާރުދޭ އެއްވެސް އެއްޗެއް ނެތް. އެހެންވީމަ އެކަމެއްވެސް ނުވާނެ

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިފާނު ޖަލަށް ލުމަކީ އެއީ ސަރުކާރުގެ ވެރިން ކުރާ އުއްމީދަކަށް ނަމަވެސް ވެދާނެ ކަމަށެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު އެމަނިކުފާނަށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގުވެސް ގެއްލުވާލީ އެމްޑީޕީ އަޑީގައި އޮވެ އެކަމަކަށް ވާގިވެރިވީ ބަޔަކާ އެކު ފަނޑިޔާރު ގެތަކުން ގޯސް ހަދައިގެން ކަމަށް ގިނަ ދިވެހި ރައްޔިތުން ބުނަމުންދެއެވެ. އަދި ޚުދު މިހާރުގެ ރައީސް މުހައްމަދު މުއިއްޒުވެސް އޭރު ސިފަކުރެއްވީ އެއީ ސިޔާސީ ދައުވާތަކެއްގެ ގޮތުގައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved