February 21, 2026
Advertisement
ރާއްޖޭގެ ފެއިލިޔަރގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރަން ޖެހޭ ބަޔަކީ ފަނޑިޔާރުން: ރައީސް ޔާމީން
ރާއްޖޭގެ ފެއިލިޔަރގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރަން ޖެހޭ ބަޔަކީ ފަނޑިޔާރުން: ރައީސް ޔާމީން / ރައީސް އޮފިސް

ރާއްޖޭގެ ފެއިލިޔަރގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރަން ޖެހޭ ބަޔަކީ ފަނޑިޔާރުން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 21, 2026, 02:27 PM
މާލެ ސިޓީ

ދިވެހިރާއްޖެ މިހާރު އޮތީ ހުރިހާ ދިމާއަކުން ފެއިލްވެފައި ކަމަށާ އެ ފެއިލިޔަރގެ ޒިންމާ އަދާކުރަން އެންމެ ބޮޑަށް ޖެހޭ ބަޔަކީ ފަނޑިޔާރުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފުން ބާއްވާ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވަނީ އަނެއް ދެ ބާރުގެ ޒިންމާއެއް ކަމަށެވެ ނަމަވެސް މިއަދު ހުރިހާ ބާރެއް އެކެއްގެ މުށު ތެރެއަށް ލައިގެން ހިނގަމުން ދަނީ ޚުދުމުހުތާރު ވެރިކަމެއް ކަމަށާ އެގޮތުން މަޖިލީހާ ފަނޑިޔާރުގެތައްވެސް ހުރީ ތަޅު އެޅުވިފައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ މިހާރު މި ސަރުކާރު ޒިންމާދާރި ކުރުވަން ވަރަށް މަސައްކަތްކުރަމުންދާ ކަން ފާހަގަކުރެވޭ ކަމަށާ އެކަމާ އުފާކުރައްވާ ކަމަށެވެ. ނަމަވެސް ކުރީން އެ މަސައްކަތް އެގޮތަށް ނުކުރުމުގެ ނަތީޖާ މިއަދު ފެންނަމުން ދާކަމަށާ މަޖިލީހުންވެސް ސަރުކާރު ޒިންމާދާރު ކުރުވާ ޖަވާބުދާރީ ނުކުރާކަން އަހުމަދު ފާހަގަކުރައްވާއިރު އެ ހުރިހާ ކަމެއްގެ ޒިންމާ ފަނޑިޔާރުން ނަގަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ސަރުކާރުން ކަންކަން ކުރަމުންދަނީ ވަކި މަގްސަދެއް ހާސިލްކުރުމަށް ކަމަށެވެ. އެމަނިކުފާނު ވަނީ ސަރުކާރު ތެރޭގައި ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާއިރު އެކަންކަމުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން ހުރި މުއައްސަސާތައް ވެސް ވައު ކޮށްލާފައިވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved