April 23, 2026
Advertisement
އަންހެނަކު ބްލެކްމެއިލްކުރި މައްސަލާގައި ހައްޔަރުކުރި ޒައިދާން.
އަންހެނަކު ބްލެކްމެއިލްކުރި މައްސަލާގައި ހައްޔަރުކުރި ޒައިދާން. / ޕޮލިސް

ލޯބިވެރިޔާގެ ފޮޓޯތައް ލީކުކުރާނެ ކަމަށް ބުނެ ބްލެކްމެއިލް ކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 14, 2024, 06:31 PM
މާލެ ސިޓީ

ލޯބިވެރިޔާ އަށް ބިރު ދައްކައި އޭނާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އާންމު ކުރާނެ ކަމަށް ބުނެ ބިރު ދައްކައި އިންޒާރުދިން ފުލުހަކު ހައްޔަރުކޮށްފި އެވެ.

Advertisement

ފުލުހުން ބުނީ ހައްޔަރުކުރީ ރެކްރޫޓު ފުލުހެއް ކަމަށްވާ، ޒައިދާން މުހައްމަދު ކަމަށެވެ. އޭނާއަކީ މަތިވެރި މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި 19 އަހަރުގެ އެ ފުލުސް މީހާ ވަނީ އޭނާގެ ލޯބިވެރިޔާއަށް ބިރު ދައްކައި، އޭނާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ލީކުކޮށްލާނެ ކަމަށް ބުނެފަ އެވެ.

އެހެންވެ، ބްލެކްމެއިލް ކުރި ކަމަށް ތުހުމަތުކުރެވޭ އެ މައްސަލާގައި އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެ އެވެ.

ޒައިދާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް ތިން ދުވަސް ދީފަ އެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved