April 18, 2026
Advertisement
-
- / ޕޮލިސް

911އަށް ޕްރޭންކް ކޯލް ނުކުރުމަށް މިނިސްޓަރ އިހުސާން އިލްތިމާސްކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Nov 15, 2024, 02:53 PM
މާލެ ސިޓީ

ރޭ ތައާރަފް ކުރި ކުއްލި ހާލަތުގައި ގުޅޭނެ ނަމްބަރު 911 ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، އަކީ އެ ބޭނުންވާ މީހާއަށް ހިދުމަތް ދެވޭނެ ގޮތަށް އޮންނަ ނަމްބަރަކަށްވާއިރު، ޕްރޭންކް ކޯލް ކުރުމާއި، ނުގުޅަން ޖެހޭ ހާލަތްތަކުގައި މި ނަމްބަރުތަަކަށް ގުޅުމަކީ އެފަދަ ހިދުމަތް ދޭން އޮތް މަގަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

Advertisement

911 ގެ ސަބަބުން އެއް ކޯލަކުން ހުރިހާ މުވައްސަސާތައް ހާދިސާއެއް ދިމާވުމުން އެތަނަކަށް ގޮސް ރައްޔިތުންނަށް އެހީ ފޯރުކޮށްދެވޭނެ ގޮތް މަގުފަހިވެގެންދާނެ ކަމަށްވެސް އިހުސާން ފާހަގަކުރެއްވިއެވެ.

އަދި މިކަމަކީ އެ މީހާއަށް ކުރަން އެންމެ ރަނގަޅު ކަމަކަށް ނުވާނެ، އެހެންވީމަ ދިވެހި ރައްޔިތުންނަށް ހަނދާންކޮށްދެން މިފަދަ ހިދުމަތްތައް ބޭނުން ކުރައްވާއިރު ޒިންމާދާރުވާން”

އިހުސާން ވިދާޅުވިއެވެ.

މި ޚިދުމަތް ރާއްޖޭގައި އިފްތިތާހްކޮށްފައިވަނީ މި ކަމުގެ މައި ސެންޓަރު ފުލުހުންގެ މުއައްސަސާގައި ގާއިމްކޮށް ފުލުހުންގެ ޚިދުމަތާއި، އެމްބިއުލާންސްގެ ޚިދުމަތުގެ އިތުރުން ކޯސްޓްގާޑް، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޙިދުމަތްވެސް 911 ނަންބަރުގެ ތެރެއިން ރައްޔިތުންނަށް ލިބިގެންދާ ގޮތަށެވެ.

911 އަކީ ދުނިޔޭގެ ބޮޑެތި ގިނަ ގައުމުތަކުގައި ވެސް ޒަމާނުންސުރެ ބޭނުންކުރަމުން އަންނަ އެމަޖެންސީ ނަންބަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved