April 23, 2026
Advertisement
ނެއްލައިދޫގައި ރަށު ވަޤުފު މަޝްރޫއު ކުރިއަށް ގެންދަން ސޮއިކޮށްފި
ނެއްލައިދޫގައި ރަށު ވަޤުފު މަޝްރޫއު ކުރިއަށް ގެންދަން ސޮއިކޮށްފި / ފޭސްބުކް

ނެއްލައިދޫގައި ރަށު ވަޤުފު މަޝްރޫއު ކުރިއަށް ގެންދަން ސޮއިކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 16, 2024, 08:19 PM
މާލެ ސިޓީ

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުފް މަޝްރޫއުތަކުގެ ތެރެއިން ހދ. ނެއްލައިދޫގައި ކުރިއަށް ގެންދާ ވަޤްފު މަޝްރޫއުގެ އެއްބަސްވުމުގައި ވުޒާރާއާއި ނެއްލައިދޫ ކައުންސިލާއި ދެމެދު ސޮއިކޮށްފި އެވެ.

Advertisement

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު އަލީފްއެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޑރ. ޝަހީމް ވިދާޅުވީ، ވަޤުފްގެ މަޝްރޫއުތައް އިތުރުކޮށް އޭގެ ނަފާ ކަނޑައެޅޭ ދާއިރާތަކަށް ލިބޭ ގޮތަށް ފުޅާ ކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށާއި، ނެއްލައިދޫ ކައުންސިލާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ ރަށުގައި ވަޤުފް މަޝްރޫއުއެއް ކުރިއަށް ގެންގޮސް އޭގެ ނަފާ ދީނީ ކަންކަމަށް ލިބިގެންދާނެ ކަމަށެވެ.

ރަށްރަށުގައި ވަޤުފް އިމާރާތްތައް އިތުރު ކުރުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށާއި، ނެއްލައިދޫގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމީ މިނިސްޓްރީ އަށް ލިބުނު ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު ފެނުނު އެންމެ މުނާސަބު އެއް ޕްރޮޕޯސަލަކީ ނެެއްލައިދޫ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލްކަމަށްވާތީ..

ޑރ. މުހައްމަދު ޝަހީމް

ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މި މަޝްރޫއުއަކީ ކުރިމަގަށް ކުރެވޭ ރަނގަޅު މަސައްކަތެއް ކަމަށާއި އުންމީދަކީ މި މަޝްރޫއުގެ ނަފާ ނެއްލައިދޫއަށާއި މުޅި ރާއްޖެ އަށް ވީހާ ވެސް އަވަހަކަށް ލިބިގެން ދިއުން ކަމަށެވެ.

ރަށު/ސިޓީ ވަޤުފް މަޝްރޫޢު އަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިގެން އިފުތިތާހުކުރި މުހިއްމު މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ ދަށުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 14 ރަށު ކައުންސިލަކުންނާއި 10 ސިޓީ ކައުންސިލަކުން ޕްރޮޕޯސަލް ހުށައަޅާފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved