ފަލަސްތީނަށްޓަކައި ތެދުވަމާ ނަމުގައި ޔޫތް ފޯރ ޔުނިޓީ ނަމުގައި ހިންގަމުން އަންނަ ޖަމްއިއްޔާއަކުން އެއްވުމެއް ބާއްވައިފިއެވެ.
ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މި އެއްވުމުގައި ގިނަ ޒުވާނުންތަކެއް ވަނީ ބައިވެރިވެފައެވެ.
އަމީނީ މަގު ކޭއެފްސީ ކުރިމަތީގައި މި ޖަމްއިއްޔާ ހިންގާ ޒުވާނުންތައް އިސްވެ ބާއްވަމުންދާ މި އެއްވުންތައް ކޮންމެ ހުކުރު ދުވަހަކު ކަހަލަ ގޮތަކަށް ބާއްވަމުން އަންނަކަން ފާހަގަކުރެވިފައިވެއެވެ.
މި އެއްވުންތަކުގައި ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ މި ފަރާތްތަކުން އަންނަނީ ހުއްޓުމެއްނެތި ސަރުކާރަށް ބާރު އަޅަމުންނެވެ.
މީގެ އިތުރުން، ސަހްޔޫނީންނަށް ވާގިވެރިވާ ގައުމުުތަކުގެ އުފެއްދުންތައް ބޮއިކޮޓްކޮށް އެތަކެތި ރާއްޖެއަށް އެތެރެ ނުކުރުމަށް ގޮވާލާފައިވާ ޕޯސްޓަރުތަކެއް މި ފަރާތްތަކުން ބޭނުންކޮށްފައިވެއެވެ.
އަދި ސަހްޔޫނީންނަކީ ޓެރަރިސްޓުން ކަމަށާއި އެފަދަ ފަރާތްތަކާއި ގުޅުން ބަދަހި ނުކުރުމަށްވެސް މި ޒުވާނުން ވަނީ ގޮވާލާފައެވެ.
ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމުގެ ބިލު ސަރުކާރުން ވަނީ އަންނަ އަހަރަށް ފަސް ކޮށްފައެވެ.