March 23, 2026
Advertisement
އާދަމް މޫސާ ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
އާދަމް މޫސާ ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ޝަފްރާޒް | ތޭރަ އިމޭޖްސް

ތޮއްޑޫ ދާއިރާއިން އަނެއްކާވެސް ގިނަ އަދަދެއްގެ ބަޔަކު ޕީއެންއެފްއާ ގުޅިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Feb 4, 2024, 07:41 PM
މާލެ ސިޓީ

އއ. ތޮއްޑޫ ދާއިރާއިން ގިނަ އަދަދެއްގެ ބަޔަކު އަނެއްކާވެސް ރައީސް އަބްްދުﷲ ޔާމީން އުފައްދަވާ އައު ޕާޓީ ޕީޕަލްސް ނެޝަނަލް ޕްރޮންޓް (ޕީއެންއެފް) އާ ގުޅިއްޖެއެވެ.

Advertisement

ޕީއެންއެފާ ތޮއްޑޫ ދާއިރާން އަލަށް ގުޅުނު މީހުންގެ ފޯމުތައް ހަވާލުކޮށޤދިނީ އެ ދާއިރާއިން މަޖިލިސް އިންތިހާބުގައި ޕީއެންއެފްގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ އާދަމް މޫސާއެވެ.

ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ ރައީސް ޔާމީންއެވެ. ތޮއްޑޫ ދާއިރާއިން ރޭގައި އެކަނިވެސް 170 މީހުންވަނީ ގުޅިފައެވެ.

ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީގެ ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށާ އެގޮތުން މިހާރު ޕާޓީ އުފެއްދުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވެފައިވާ ކަމަށް އެ ޕާޓީއިން މީގެ ކުރިން ހާމަކޮށްފައިވެއެވެ. ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅުމަށް ވިސްނާފައިވަނި ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ނިމުމުން ކަމަށްވެސް އެ ޕާޓީއިން ހާމަކޮށްފައިވެއެވެ.

ރައީސް ޔާމީން ޕީޕީއެމުން ނިކުމެ ވަޑައިގެން، އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވާފައިވަނީ، ޕީޕީއެމްގެ ރައީސްގެ ގޮތުގައި އެމަނިކުފާނު ހުންނެވި ނަމަވެސް، ޕާޓީ ހިންގެވުމަށް އެމަނިކުފާނަށް ތަފާތު ފިއްތުންތައް ކުރިމަތިވުމުގެ ސަބަބުންނާއި، ޕާޓީގެ ލީޑަޝިޕުން ރައީސް ޔާމިނަށް ދުރަށް ޖެހިވަޑައިގެން، ޕާޓީ ހިންގުމަށް ފުރުސަތު ނުދެއްވުމާއި ގުޅިގެންނެވެ.

އެމަނިކުފާނު އުފައްދަވަން މަސައްކަތްޕުޅު ކުރައްވާ ޕީއެންއެފް ވެގެންދާނީ ހުރިހާ ގޮތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ދިފާއުކޮށް ހިމާޔަތްކުރާނެ ޕާޓީއަކަށް ކަމަށާއި، ޕާޓީގެ މަގްސަދަކީ، މިނިވަންކަމާއި އެކު ރައީސް ޔާމީނުގެ ފިކުރު ކުރިއަރުވާ ސަރުކާރަށް އެއްބާރުލުން ދިނުންކަމަށް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved