May 3, 2026
Advertisement
ޑރ.ޖަމީލް
ޑރ.ޖަމީލް / ތޭރަ އޮންލައިން

ޑރ.ޖަމީލްގެ ސުވާލެއް ރައީސަށް: ޖުޑިޝަރީ މިނިވަންކުރަން ކުރެއްވީ ކޮންކަމެއް؟

Aishath Naja
އައިޝަތު ނަޖާ
Feb 4, 2024, 07:53 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް މިނިވަންވެއްޖެ ކަމަށް މި ސަރުކާރުން ބުނަމުން އަންނާތީ ރައީސް އަބްދުﷲ ޔާމީން އަބަްދުލަގައްޔޫމްގެ އިސްގާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު ރައީސް ޑރ.މުހައްމަދު މުއިއްޒަށް ވަރުގަދަ ސުވާލެއް އަމާޒުކުރައްވައިފިއެވެ.

Advertisement

ޗެނަލް 13 ގެ "ވީކެންޑް ވިތް ޑރ.ޖަމީލް" ގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ސަރުކާރުން ޝަރުޢީ ނިޒާމް މިނިވަން ކުރުމަށްޓަކައި ކުރެއްވީ ކޮންކަމެއްތޯ ވިދާޅުވެ، ސުވާލު އުފައްދާފައެވެ.

މިނިވަންވެއްޖެޔޭ؟ މިނިވަންވުމަކީ ކޮބާހޭ؟ ޖުޑިޝަރީ ތިމަންނަ މިނިވަންކޮށްފީމޭ.. ތިމަންނަ ނުފޫޒެއް ނެތޭ..ކޮން ވާހަކައެއް އެ ދައްކަނީ؟ އެއީ އެވާހަކަ ދައްކާ ކަމުގައިވާނަމަ ކޮންމެވެސް ކަމެއް ކޮއްފީމޭ އެ ބުނަނީ.. ސުވާލަކީ ކޮން ކަމެއްތޯ އޭ ކުރީ؟

ޑރ.މުހައްމަދު ޖަމީލް އަހްމަދު

އޭގެއިތުރުން ޑރ.ޖަމީލް ވަނީ "ނުފޫޒު" މި ބަހުގެ މާނަ ކިޔައިދެއްވާފައެވެ.

އިތުރަށް ޑރ.ޖަމީލް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިްހްގެ ސަރުކާރުގައި ޝަރުއީ ނިޒާމުގައި ނުފޫޒު އޮވެފައި މި ސަރުކާރުން، ރައީސް މުއިއްޒު ވެރިކަމަަށް ވަޑައިގެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި "ޝަރުއީ ނިޒާމް މިނިވަންވެއްޖޭ" ވިދާޅުވި ނަމަވެސް މިނިވަން ވެފައި ނުވާކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންގެ ގާތުން ރައީސް ޔާމިން މިނިވަން ކުރައްވާނެކަމަށް ވިދާޅުވެފައި ކަމަށްވެސް ޑރ.ޖަމީލް ވިދާޅުވެ ރައީސް މުއިއްޒަށް ފާޑު އަމާޒުކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved