April 23, 2026
Advertisement
ހައި ކޯޓް
ހައި ކޯޓް / ހައި ކޯޓް

ޕާޓީ ބަދަލުކޮށްފި ނަމަ އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ މާއްދާ އުވާލަން ކޯޓަށް ގޮސްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 18, 2024, 08:39 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން މެމްބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް ހަދާފައިވާ އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާތަކެއް ބަދަލުކުރަން ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

Advertisement

އެންޓި ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާ އުވާލަން ހައި ކޯޓަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އެ މައްސަލައިގައި ބުނެފައި ވަނީ ޕާޓީ ބަދަލުކޮށްފި މެންބަރަކު އިސްތިއުފާ ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނެފައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު އެ ދައުރެއްގެ ތެރޭގައި މެންބަރުކަމުން އިސްތިއުފާ ދީފި ނަމަ، ހަތް ދުވަހުގެ ތެރޭގައި މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށެވެ.

ހަމަ އެގޮތަށް އެހެން ޕާޓީއަކަށް ސޮއިކޮށްފި ނަމަވެސް ހަތް ދުވަހުގެ ތެރޭގައި އިސްތިއުފާ ދޭންޖެހެ އެވެ. އަދި ސިޔާސީ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފި ނަމަވެސް އިސްތިއުފާ ދޭންޖެހެ އެވެ. އެކަމަކު ޕާޓީއަކުން ވަކިކޮށްފި ނަމަ ވަކި ކުރީ ރަނގަޅަށްތޯ ބަލަން ކޯޓަށް ދިޔުމުގެ އިހުތިޔާރު މެންބަރަށް ލިބެ އެވެ.

އެ ގާނޫނުގެ ދަށުން، އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ވެސް ދައުރުގެ ތެރޭގައި ޕާޓީއަކަށް ސޮއިކޮށްފި ނަމަ މަގާމުން އިސްތިއުފާ ދޭންޖެހެ އެވެ.

ނަމަވެސް އެ މުއްދަތުގައި އިސްތިއުފާ ނުދީފި ނަމަ ވާނެ ގޮތެއް ނުވަތަ އެޅޭނެ ފިޔަވަޅެއް އެ ގާނޫނުގައި ބަޔާންކޮށްފައެއް ނެތެވެ.

މަޖިލިސް މެންބަރުންގެ އިތުރުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ މައްޗަށް އެ ގާނޫނުގެ އުސޫލު ހިނގާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved