
މި ސަރުކާރަށް އަހަރެއްވުމުން ވަރަށް ގިނަ މީހުން އަންނަނީ ސަރުކާރުގެ "ޕާފޯމަންސް" އަށް މާކްސް ދެމުން ނެވެ. ބައެއް މީހުން "ޑީ" ނުވަތަ "އީ" ވެސް ވަނީ ދީފަ އެވެ.
މި ސަރުކާރުގެ ފުރަތަމަ އަހަރަށް ދެއްވާނީ ކޮން ރިޕޯޓެއް ތޯ "ޗެނަލް 13"ގެ ނޫސްވެރިއަކު ވަނީ ރައީސް ޔާމީން އަށް ސުވާލުކޮށްފަ އެވެ.
ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ އެއް އަހަރަށް ދެއްވާނީ "ޔޫ ރިޕޯޓެއް" ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރުތެރޭ ރައްޔިތުންނަށް ލުއި ފަސޭހަ ލިބުނު ކަމެއް ނެތް ކަމަށާއި މިހާރު ދައްކަނީ ހުރިހާ ސަބްސިޑީތަކެއް ކަނޑާލާ ވާހަކަ ކަމަށްވާއިރު ކަރަންޓާއި ފެން ބިލުތައް ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ:
އަޅުގަނޑަށް ހަމަ ދެވޭނީ ޔޫ އެއް. ވަރަށް ދެރަވޭ ޔޫ ދޭންޖެހޭތީ، އެކަމަކު އަޅުގަނޑަށް ހަމަ ދެވޭނީ ޔޫ. ނޫނީއްޔާ އުނބު ރިޕޯޓެއް،
ރައީސް ޔާމީން
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ބޭފުޅުން ސަރުކާރަށް އޭ ރިޕޯޓެއް ދިން ނަމަވެސް ރައްޔިތުންނަށް އެކަން އެގޮތަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
އަޅުގަނޑުގެ ސުވާލަކީ ސަރުކާރަށް އެއް އަހަރުވުމުން ތިޔަ ބޭފުޅުން ދޭނީ ކޮން ރިޕޯޓެއްތޯ އެވެ؟ އޭ، ބީ، ސީ، ޑީ؟ ނޫނީ ޔޫ އެއްތޯއެވެ؟










