March 19, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޕީޕީއެމް

ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކުރުމަކީ މި ސަރުކާރުން ކުރާ އެންމެ ޔާހޫދީ ކަންތައް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 21, 2024, 12:49 AM
މާލެ ސިޓީ

ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކުރުމަކީ މި ސަރުކާރުން ކުރާ އެންމެ ޔާހޫދީ ކަންތައް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޗެނަލް13 އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައެވެ/

ރައީސް ޔާމީން ވިދާޅުވީ، ފަލަސްތީނު އަދި ސަހްޔޫނީންގެ މައްސަލައިގައި ސަރުކާރުން ކަންކަން ކުރަމުން ގެންދަނީ އޮޅުވާލުމާ މަކަރާ ހީލަތުގެ ތެރެއިން ކަމަށާ ރާއްޖޭގެ ޓުއަރިޒަމް އާ ގުޅުވާ ވެސް އެކަމުގައި ގެންދަނީ އޮޅުވާލަމުން ކަމަށެވެ.

މީގެ އިތުރުން ފަލަސްތީނު މައްސަލަގައި ސަރުކާރުގެ ހެޔޮ ނިޔަތް ސާފުނުވާ މިންވަރު އެކި ގައުމުތަކަށް ދަތުރުކުރަންވުމުން މި ސަރުކާރުން އެ ގައުމަކީ އަރަބި އިސްލާމީ ގައުމުގެ އެންމެ އިސް ގައުމުގެ ގޮތުގައި ސިފަކުރަމުން ދިއުމުން ހާމަވާ ކަމަށާ އަދި ގަރާރަކުން ފާސްކުރެވޭނެ ކަމެއް މަޖިލީހާ ޖާމިނުކޮށް ލަސްކުރަމުން ދާ ދިއުމުން ސަރުކާރުގެ ހެޔޮ ނިޔަތެއް އެކަމުގައި ނެތްކަން ހާމަވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ފަލަސްތީނު މައްސަލަ ދެއްތޯ. މިއަށް ވުރެ ޔަހޫދީކޮށް ދިވެހި ސައުލަތުން ކުރާކަމެއް ނެތް. އަޅުަގޑުމެން ފަަލސްތީނުގެ ހައްގުގައި އެކަން ކުރަން ޖެހުމުން ކަން ދެއްކުމުގެ ގޮތުން އެކި ބަހަނާ ދައްކާ މިހާރުވެސް އެގެންދަނީ ލަސްކުރަމުން.

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ފަލަސްތީނު މައްސަލަގައި ސަރުކާރުން ދައްކާ ވާހަަކަ ސަރުކާރަށް ދިފާއު ނުކުރެވޭނެ ކަމަށެވެ.

ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކުރާތީ ރައީސް ޔާމީންގެ ފާޑުކިޔުމާ ނުރުހުން ސަރުކާރަށް އަމާޒުކުރައްވާފައިވާއިރު، ސަހްޔޫނީންގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުން ހުށަހަޅާފައިވާ ބިލު އަވަހަށް ފާސް ކުރުމަށް ބާރު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަވެސް ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބޭރު ކޮށްލާފައެވެ. އަދި ކޮމިޓީ މަރުހަލާގައި އެ ބިލު ތާށިކޮށްފައި އޮންނަތާ 150 އެތައް ދުވަހެއް ވަނީ ވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved