ވެރިކަމުގައި ތިބެ ވެރިކަން ކުރާ ޕާޓީއާ ދެކޮޅަށް މުޒާހަރާ ކުރި ބައެއްގެ ރެކޯޑް ރާއްޖޭގައި ލިބޭނެ ތިބީ ދެ ބައެކެވެ. އެއީ ނަމުން ޑިމޮކްރެސީ އެނގޭ ނަމަވެސް ކަމުން ހަަމ ދޮޅުރޯނާ ވެފައި ތިބި އެމްޑީޕީއާ ނަމުން ސުލްހަވެރި ނަމަވެސް ކަމުން އެންމެ ފިތުނަވެރި ޕީއެންސީއަށެވެ.
އެގޮތުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެމްޑީޕީއިން ވަނީ މުޒާހަރާކޮށް މަގުތައް މައްޗަށް ނުކުމެފައެވެ. ނަމަވެސް އެ ރެކޯޑް ބިންދާލާފައި މިވަނީ "ޑރ ކައްޒާބު" ގެ ޕާޓީއިން ކަމަށް ރައްޔިތުން މިއަދު ބުނަން ފަށައިފިއެވެ.
ޑރ ކައްޒާބު އެ ރައްޔިތުން ނިސްބަތްކުރަނީ ކާކަށްތޯ ބަލާލިއިރު ހާމަވެގެން ދިޔައީ އެއީ ރައީސް މުހައްމަދު މުއިއްޒު ދޮގު ހަދާ މިންވަރު ރެކޯޑް އަދަދަކަށް އަރާފައިވާތީ ދީފައިވާ ނަމެއް ކަމަށެވެ. އަދި ޑރ ކައްޒާބުގެ ޕާޓީއަކީ ޕީއެންސީ ކަމެވެ.
އެގޮތުން ޕީއެންސީގައި އަމިއްލަ ވެރިކަމުގައި އެންމެ އަވަހަށް ނުކުމެ މުޒާހަރާ ކުރި ޕާޓީގެ ރެކޯޑުވެސް ލިބިފައިވާ ބައެކެވެ. އެގޮތުން ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު އައްޔަންކުރި ކެބިނެޓުގެ ބައެއް ވަޒީރުންނަށް އޭރުގެ މަޖިލީހުން ރުހުން ނުދޭން ނިންމުމުން ޕީއެންސީއިން ސިޔާސީ ވަޒީފާދީފައި ތިބި ބޮޓުން ވަނީ ގްރީން ޒޯނަށް ޖަމާވެ މަޖިލިސް ދޮރުމަތީ އިހުތިޖާޖުކޮށް، ދައުލަތުގެ ތިން ބާރުން އެއް ބާރަށް ގަދަ ދައްކާ ބިރު ދައްކާފައެވެ.
ހަމަ އެފަދަ އެހެން ހާދިސާއެއް ތަކުރާރު ވި މަންޒަރު ދެން ފެނިގެން މިދިޔައީ އިއްޔެ ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ފާސްނުކޮށްފާނެތީ ޕީއެންސީ މެމްބަރުން ތަޅުއެޅުވުމަށް އެހީތެރިވެދޭން ޕީއެންސީ މުސާރަވެރިން ނުކުމެ މަޖިލިސް ދޮށުގައި އިހުތިޖާޖުކުރިއެވެ.
މިހާ ހިސާބުން އުފެދުނު ސުވާލަކީ މިއީ ކިހިނެއްވާކަމެއް ބާއެވެ. ވެރިކަމުގައި ވެސް އޮތީ ޕީއެންސީއެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީވެސް ފެންނަ ފެނުމަށް އޮތީ ޕީއެންސީގައެވެ. ދެން ޕިއެންސީއިން މަޖިލީހަށް ދެކޮޅަށް މި ނިކުންނަނީ ކީއްވެ ބާއެވެ؟
މިއާއެކު ހަނދާނަށް އައީ މީގެ ދުވަސްކޮޅެއް ކުރިން ގައުމުގައި ގަދަވި އަޑަަކަށެވެ. " އަދުރޭ އާ މުއިއްޒު މައްސަލަ ޖެހި މުއިއްޒަށް އަދުރޭ ގުއިވުމުން ޕީއެންސީ ދެ ފެކްޝަނަކަށް ބެހިއްޖެ"މިއެވެ. އިއްޔެ މަޖިލިސް ދޮށަށް އެއްވި ޕީއެންސީ ބޮޓުން ބުނަމުން ދިޔައީ ތިމަންނަމެން ގެނައި ވެރިކަމެއް ދިފާއު ކުރާނީ ވެސް ތިމަންނަމެން ކަމަށެވެ. ސުވާލަކީ ޕީއެންސީގެ ވެރިކަން ހަމަ އެހާ ބަލިކަށިވެ މިހާރު ދިފާއުކުރަން ނުކުންނަން ވެސް ޖެހުނީބާއެވެ؟ އަދި ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހަކުން ޕީއެންސީއިން ހުށަހެޅި އިސްލާހު ފާސްނުކޮށްފާނެކަމުގެ ބިރު ރައީސް މުއިއްޒަށް އޮތީ މެމްބަރުންނަށް އޮތް އިތުބާރު މިހާރު ގެއްލުނީތޯއެވެ؟ ނޫނީ ބާޒުތަކުން ޖަހައިގަތް ޕީއެންސީގެ އެތެރެ ފަޅަފަޅައިގެން ދަނީބާއެވެ؟ ވަޒީފާ ދީފައި ތިބި ގުންޑާއިން ތަކެއް ފޮނުވައިގެން މަގުމަތި ހަލަބޮލިކޮށް ޕީއެންސީއިން މިކުރަން އުޅެނީ ކޮން ޑްރާމާއެއްބާ؟ މި ހިންގަން އުޅެނީ ނޫނީ ކޮން ކަހަލަ ޑްރާމާއެއް ބާ؟
ސުވާލުގެ ޖަވާބު ހޯދާލަން ތިޔަ އެންމެ ބޭފުޅުންނަށް ދޫކޮށްލާނަމެވެ.