March 12, 2026
Advertisement
ނަތަންޔާހޫ ހައްޔަރުކުރުމަށް އައިސީސީން އަމުރުކޮށްފި
ނަތަންޔާހޫ ހައްޔަރުކުރުމަށް އައިސީސީން އަމުރުކޮށްފި / ބީބީސީ

ނަތަންޔާހޫ ހައްޔަރުކުރުމަށް އައިސީސީން އަމުރުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 22, 2024, 03:39 PM
މާލެ ސިޓީ

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން ސަހްޔޫނީންގެ ވެރިޔާ ނަތަންޔާހޫ ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރެއް ނެރެފި އެވެ.

Advertisement

އައިސީސީގެ ޕްރޮސެކިޔުޓާ ކަރީމް ހާން މީގެ ކުރިން ވިދާޅުވީ ނަތަންޔާހޫގެ އިތުރުން ސަހްޔޫނިީންގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އެދުނީ ފަލަސްތީނުގައި ހިންގަމުންދާ ބަނޑައްޖެއްސުމާއި، މީހުން މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެން ކަމަށެވެ.

އައިސީސީ އަކީ ގަތުލުއާންމުތަކާއި އިންސާނިއްޔަތާ ހިލާފު ކުށްތަކާއި ހަނގުރާމައިގެ ކުށްތައް އަދި ގައުމުތަކަށް ފިޔަވަޅު ނޭޅޭ ނުވަތަ އަޅަން ބޭނުން ނުވާ މައްސަލަތައް ބަލާ ކޯޓެކެވެ. އައިސީސީގެ މެމްބަރު ގައުމުތަކުގެ ގޮތުގައި 124 ގައުމު އޮވެ އެވެ.

މި އަމުރު ރައްދުވާ މީހަކު އައިސީސީގެ 124 މެމްބަރު ގައުމަކަށް ދިޔުމާ އެކު ހައްޔަރުކުރަން ލާޒިމުވާނެ އެވެ. އެކަމަކު އެފަދަ އަމުރުތައް ތަންފީޒު ކުރުމުގެ ބާރު އައިސީސީއަށް ނެތް އިރު، އެ ކޯޓުން ބަރޯސާވަނީ މެމްބަރު ގައުމުތަކުގެ އެއްބާރުލުމަށެވެ.

2002 ވަނަ އަހަރު އުފެއްދި އައިސީސީގެ އެއްވެސް ނިންމުމަކަށް ސަހްޔޫނީން ތަބާނުވާނެ ކަމަށް ނަތަންޔާހޫ މީގެކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުން މަހުން ފެށިގެން ސަހްޔޫނީން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި 44،300 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލާފަ އެވެ. މުޅި ގާޒާހެން ފުނޑުފުނޑު ކޮށްލާފައިވާ އިރު، ގާޒާގެ ރައްޔިތުން ވަނީ ގެދޮރު ގެއްލި ދާނެ އިތުރު ތަނެއް ނެތި ތާށިވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved