April 23, 2026
Advertisement
-
- / އިސްލާމިކް މިނިސްޓްރީ

ވަޤުފް އިމާރާތް އެޅުމަށް ކަނޑައެޅިފައިވާ ސަރަޙައްދު ޑރ ޝަހީމް ބައްލަވާލައްވައިފި

Aminath Zara
އައިމިނަތު ޒާރާ
Nov 23, 2024, 06:03 PM
މާލެ ސިޓީ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވައިިފިއެވެ.

Advertisement

ވަޒީރުގެ މި ދަތުރުފުޅަކީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވުމަށް އެ ކޮލެޖުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވުމުގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުމާއި، ޙިފްޡު ކޮމިޓީ އަދި ޚުޠުބާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރެއްވުމާއި، ޙާފިޡުންނާއި ބައްދަލުކުރެއްވުމާއި އެ ސިޓީގެ އިމާމުންނާއި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފުވައްމުލަކު ސިޓީގައި ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތައް ބައްލަވާލެއްވުމާއި ވަޤުފް އިމާރާތް އެޅުމަށް ކަނޑައެޅިފައިވާ ސަރަޙައްދު ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޒީރު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 23 ވަނަ ދުވަހުއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved