April 8, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ސަރުކާރުން މަސްވެރިންނަށް އިހުމާލުވަނީ ގަސްތުގައި: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 23, 2024, 06:48 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާެރުން މަސްވެރިންނާ މެދު އިހުމާލުވަމުން ދަނީ ގަސްތުގައި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ޗެނަލް13 އަށް ދެއްވި ޚާއްސަ ބަސްދީގަތުގައި ރައީސް ޔާމީން ވިދާޅުވީ، ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރަކީ ދިވެހިން ދުށް އެންމެ ނާގާބިލު ސަރުކާރުކަމަށް ވެފައި އޮތް އިރުވެސް އެ ސަރުކާރުގައިވެސް މަސްވެރިންނަށް ހައްގުތައް އަދާކޮށްދިން ކަމަށާ އެހެންކަމުން މިސަރުކާރަށް އެކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

މަސްވެރިން ބާނާ މަހަށް ކުރު މުއްދަތެއްގެ ތެރޭގައި ފައިސާ ދެވެން ވާނެ. އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް އުނދަގޫތަކަކާ އެކު ނަމަވެސް އެކަން ކުރި އިނގޭތޯ. ސަބްސިޑައިޒްކޮށްގެން ކަމެއް ކޯށްދެއްވަންނާ އެންމެ ފުރަތަމަ ކޯށްދެއްވަންވާނީ މަސްވެރިންނަށް

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ހެޔޮ ނިޔަތާ އެކު ކަންކަން ކޮށްދިނުމުގެ ވިސްނުން ސަރުކާރުގެ ކިބައިން ނުފެންނަ ކަަމަށާ އެއް އަހަރު ފާއިތުވެގެން ދިޔައިރު މި ސަރުކާރަށް އެމަނިކުފާނު ދެއްވާީ "ޔޫ" ރިޕޯޓެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved