ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގޮވައިގެން މުސްތަގުބަލަށް ދަތުރުކުރާނެ ލީޑަރެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ކަނޑޫދޫ ދާއިރާގެ ވޯޓު ފޮށި ފަޅާލާ ހިންގި ހަމަނުޖެހުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ ޖަމީލު ވިދާޅުވީ ފެނިގެން ދަނީ ރައީސް މުއިއްޒުގެ ވެސް އަޚްލާގީ ނަމޫނާ ކަމަށާ އެހެންކަމުން އެކަމާ ހައިރާން ވާން ނުޖެހޭ ކަމަށެވެ. އަދި ޕީއެންސީއެއް މުސްތަގްބަލުގައި ނޯންނާނެ ކަމަށާ އެވަރުގެ ލީޑަރެއް ނެތްކަމަށް ވެސް ޑރ ޖަމީލު ވިދާޅުވިއެވެ.
މީގެ އިތުރުން ހަގީގަތަކީ ޕީއެންސީގައި ސިޔާސީ މީހަކަށް ހުރީ އަދުރޭ އެކަނިކަމާ ދެވަނަ ދައުރަކަށް ދިއުމުގެ ކުރިންވެސް މިއަދު ވެސް ވޯޓެއް ނެގިނަމަވެސް ރައީސް މުއިއްޒަށް % 5 ލިބުނަސް ނަސީބު ރަނގަޅު ކަމަށްބެލެވޭނެ ކަމަށް ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ޕީއެންސީއެއް މުސްތަގްބަލުގައި ނޯންނާނެ! އެ ލީޑަރެއް ނެތް. ހަގީގަތަކީ ސިޔާސީ މީހަކަށް ހުރީ އަދުރޭ އެކަނިކަން. ދެވަނަ ދައުރެއް ކީތް މިއަދު ވޯޓެއް ނެގިޔަސް މުއިއްޒަށް % 5 ލިބުނަސް ނަސީބު ރަނގަޅު ކަމަށްބަލާނީ.
— Mohamed Jameel Ahmed (@MJameelAhmed) November 23, 2024
މިފެންނަނީ @MMuizzu ގެ އަޚްލާގުގެ ނަމޫނާ. މިއީ ހައިރާންވާންވީ ކަމެއް… https://t.co/ZXaHNiqRNA
ހަމަ އެހެންމެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވިއްކީ ހުސް ދޮގާ، މަކަރުކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ ހުސްގޮނޑި ދައްކާ ރައްޔިތުންގެ ހަމްދަރުދީ ހޯދަން، ރައީސް ޔާމީނަށް ކުރަނީ އަނިޔާއޭ ކިޔާ ބޭލީ ހުސް ކިނބޫ ކަރުނަކަމަށެވެ.
މަޖިލިސް އިންތިޚާބުގައި ވެސް ރައީސް މުއިއްޒު ހެދީ މަކަރުކަން ފާހަގަކުރައްވާ ޑރ ޖަމީލު އިތުރަށް ވިދާޅުވީ، ޕާޓީން ޓިކެޓް ދީފައިވާ އެތައް ކެންޑިޑޭޓުންނާ ދެކޮޅަށް މީހުން ރައީސް މުއިއްޒު މަޖިލިސް އިންތިހާބުގައި ނެރުނުކަމަށެވެ. އަދި ރައީސް މުއިއްޒަކީ ބަޔަކު ފަހަތުގައި ތިބޭވަރުގެ އެއްވެސް ކޮލިޓީއެއް ހުރި ލީޑަރެއް ނޫންކަމަށާ އެމަނިކުފާނަކީ ސިޔާސީ މަސްރަހުގައި ހުރި އެންމެ ވިސްނުން ބަލިކަށި މީހާ ކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ރައީސް މުއިއްޒު ރުންކުރުކޮށް ރުޅިގަދަ، ބޮޑުބަސް ބުނަމުންދަނީ އެހެންވެކަން ޑރ ޖަމީލު ފާހަގަކުރެއްވިއެވެ