June 5, 2026
Advertisement
އެމްޑީޕީއާ އެކު އެންމެ ފުރަތަމަ މަސައްކަތް ފަށާ ރައްޔިތުންނާ ދެކޮޅަށް ބަޣާވާތް ކުރީ ރައީސް މުއިއްޒު: ޑރ ޖަމީލު
އެމްޑީޕީއާ އެކު އެންމެ ފުރަތަމަ މަސައްކަތް ފަށާ ރައްޔިތުންނާ ދެކޮޅަށް ބަޣާވާތް ކުރީ ރައީސް މުއިއްޒު: ޑރ ޖަމީލު / ސޯޝަލް މީޑިއާ

އެމްޑީޕީއާ އެކު އެންމެ ފުރަތަމަ މަސައްކަތް ފަށާ ރައްޔިތުންނާ ދެކޮޅަށް ބަޣާވާތް ކުރީ ރައީސް މުއިއްޒު: ޑރ ޖަމީލު

Jun 5, 2026, 08:42 PM
މާލެ ސިޓީ

އެމްޑީޕީއާ އެކު އެންމެ ފުރަތަމަ މަސައްކަތް ފަށާ ރައްޔިތުންނާ ދެކޮޅަށް ބަޣާވާތް ކުރީ އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ނައިބު ރައިސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އެމްޑީޕީއާ އެކު ގައުމީ މަސައްކަތްތަކެއް ފެށުމުން އެކަމާ ގުޅިގެން ބައެއް ސަޕޯޓަރުން ކުރަމުންދާ ސުވާލުތަކަށް ޖަވާބު ދެއްވަމުން، ޕީއެންއެފްގެ ނައިބު ރައސިްކަން ކުރައްވާ ޑރ ޖަމީލު ވިދާޅުވީ، އެމްޑީޕީއާ އެކު އެންމެ ފުރަތަމަ މަސައްކަތް ފަށާ ފައިހަމަ ކުރީ ރައީސް ޔާމީންތޯ ނުވަތަ ރައީސް މުއިއްޒުއާ ޕީއެންސީއިންތޯ ރައްޔިތުން ބަލާ ސާފުކުރުން މުހިއްމު ކަމަށެވެ.

ޑރ ޖަމީލު ވަނީ، 2023ގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުއާ އެކު ދެވަނަ ބުރުގައި ބައިއަތު ހިފައި ރައީސް މުހައްމަދު ނަޝީދުއާ އެކު މަސައްކަތްކުރުމަށް ފަހު ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު އެންމެ ފުރަތަމަ ވެސް ރިޝްވަތުދީ ގަނެލީ ރައްޔިތުންގެ މަޖިލީހުގައި އޭރު ތިއްބެ އެމްޑީޕީ މެމްބަރުންގެ ތެރެއިން 13 މެމްބަރުން ކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން އެހާ ހިސާބުން ރައީސް މުއިއްޒު އެމަނިކުފާނަށް ވޯޓުދިން ރައްޔިތުންނާ ދެކޮޅަށް ބަޣާވާތްކުރީ ކަމަށް ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ޑރ ޖަމީލު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުއަކީ ރައްޔިތުންނަށް ބޭވަފާތެރިއަކަށް އެދުވަހުން ފެށިގެން ވަނީ ވެފައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved