February 27, 2026
Advertisement
ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން
ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން / ފޭސްބުކް

ރައީސް މުއިއްޒު މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 24, 2024, 04:48 PM
މާލެ ސިޓީ

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިގެން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

Advertisement

ގާނޫނުއަސާސީއަށް އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން ހުށަހެޅީ މިދިޔަ ބުދަ ދުވަހެވެ. ހަމަ އެ ދުވަހު އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް، ހަވީރު ވަނީ ތަޅުމުން ފާސްކޮށްފައެވެ. އިރުއްސުނު ވަގުތު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުކުރައްވައިފައެވެ.

އެހެންވެ، ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަށް މިހާރު އަންނަނީ އަމަލުކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން ގާނޫނީ ދާއިރާގެ ބޭފުޅުންނާއި އިދިކޮޅު ސިޔާސީ ފިކުރުތަކަށް ނިސްބަތްވާ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، ގާނޫނީ ވަކީލު އަލީ ހުސައިނެވެ.

އަލީ ހުސައިން އެކްސްގައި ޕޯސްޓު ކުރެއްވި ގޮތުގައި، މައްސަލަ ހުށަހެޅުއްވީ، އެ ބަދަލުތައް ގެނައީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފަށް ކަމަށް ވާތީ އެވެ.

އަވަސް އަރުވާލައިގެން ގާނޫނު އަސާސީއަށް މި ބަދަލުތައް ގެނައީ ރައީސް މުއިއްޒުގެ ވެރިކަން މަޖިލީހުގެ ތެެރެއިން ނޯ ކޮންފިޑެންސް ނަގައިގެން ބަދަލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކުރެވުނު ދަނޑިވަޅެއްގައި އެވެ. އެހެންކަމުން މި ބަދަލު ގެނައީ ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށެވެ. މި ބަދަލު ގެނައުމަށް ވޯޓް ދެއްވެ މަޖިލިސް މެންބަރުންނަށް މުއިއްޒު ވަނީ ޝުކުރުދަންނަވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved