April 23, 2026
Advertisement
ފޯރަމްގެ ތެރެއިން
ފޯރަމްގެ ތެރެއިން / އިސްލާމިކް މިނިސްޓްރީ

ފަލަސްތީން ފޯރަމް ނަމުގައި އިލްމީ ފޯރަމެއް ބާއްވައިފި

Aminath Zara
އައިމިނަތު ޒާރާ
Nov 25, 2024, 04:39 PM
މާލެ ސިޓީ

ފަލަޞްޠީނަށްޓަކައި މިއަދު ކުރަންޖެހޭ އެންމެ މުހިމު އެއް ކަމަކީ ފަލަސްޠީނުގެ ޤަޟިއްޔާގެ މުހިންމުކަން އުންމަތުގެ ދަރީންނަށް އިލްމީ ހަމަތަކުން ކިޔައިދީ ހޭލުންތެރިކަން އިތުރުކޮށް އަލްއަޤުޞާ މިސްކިތާ މެދު ލޯބި ޖައްސައި އުންމަތުގެ ޖީލު ތަރުބިޔަތު ކުރުން ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

Advertisement

ނަޞްރާއި ފަތަޙައިގެ ފާލަމަކީ އެއީ ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފަލަސްތީން ފޯރަމްގެ ނަމުގައި އެމްއެންޔޫ އަދި އައިޔޫއެމްއިން ބޭއްވި މި އިލްމީ ފޯރަމްގައި ދިވެހިރާއްޖޭގެ ފަޚުރުވެރި ޢިލްމީ ދެކިއްލާ ކަމުގައިވާ އެމްއެންޔޫއާއި އައިޔޫއެމްގެ ލީޑަރޝިޕަށް ފަށް ފަށުން ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވާފައިވެއެވެ.

އަދި އިލްމީ ގޮތުންނާއި ފިކުރީ ގޮތުން ކަންކަމުގައި ބަޙުސްކުރުމުގައި ހެޔޮކަން ހުންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެމްއެންޔޫއާއި އައިޔޫއެމްގެ ދަރިވަރުންގެ ގުޅުމުގެ ފަރާތުން އިސްނަގައިގެން ފަލަޞްޠީނުގެ ޤަޟިއްޔާއާ ބެހޭ ގޮތުން ބޭއްވި އިލްމީ ފޯރަމަކީ މަތީ ތަޢުލީމުގެ ދަރިވަރުން ރާއްޖޭގައި ބޭއްވި މި ފަދަ ފުރަތަމަ ފޯރަމްއެވެ.

އިލްމީ އެތަށް ވާހަކަތަކެއް ޕެނަލިސްޓުން ކިޔާދެއްވި މި ފޯރަމްގައި ޢިލްމީ ޤާބިލް ހުނަރުވެރި ޒުވާނުން ފެނިގެން ދިޔައެވެ.

މިއީ މިފަހުން، ފަލަޞްޠީނާ މެދު ރާއްޖޭގައި ބޭއްވުނު އެންމެ ފުރިހަމަ އިލްމީ ފޯރަމްއަށް ވާއިރު މި ސިލްސިލާ އިންޝާ ﷲ ކުރިއަށްދާނެކަމަށް އުންމީދުކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved