April 22, 2026
Advertisement
އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް
އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް / ސޯޝަލް މީޑިއާ

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް މި މަހު 28 ގައި ބާއްވަނީ

Aminath Zara
އައިމިނަތު ޒާރާ
Nov 27, 2024, 05:55 PM
މާލެ ސިޓީ

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް މި މަހު 28 ގައި މާލޭގައި ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކުރާ މި ކޮންފަރެންސް ބާއްވަނީ އިސްލާމީ މަރުކަޒުގަ އެވެ. މި ކޮންފަރެންސްގައި ޒަކާތުގެ ދާއިރާގެ ތަޖުރިބާކާރު ބޭރުގެ އެކި ފަރާތްތަކުން ބައިވެރިވާނެ އެވެ.

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސެއް ބާއްވަން އިސްލާމިކް މިނިސްޓްރީން ތައްޔާރުވާއިރު، ރާއްޖޭގެ ޒަކާތުގެ ދާއިރާ ހަރުދަނާކުރުމަށް މި ސަރުކާރުން ވަނީ މޯލްޑިވްސް ޒަކާތުގެ ހައުސްގެ ނަމުގައި ހާއްސަ އިދާރާއެއް އުފައްދައިފަ އެވެ.

އެ އިދާރާއިން އަންނަނީ ރާއްޖޭގައި ޒަކާތުގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޒަކާތު ހައުސް އިން ބުނީ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމާއި ޒަކާތުގެ މަންފާ އޭގެ ހައްގުވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީއަށް ފަހިވާނެހެން ޒަކާތު ފަންޑު ތަރައްގީކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ވެސް ޒަކާތު ހައުސް އިން ބުންޏެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved