ރާއްޖެއަށް އެތެރެ ކުރާ ދެ ބޭހަކުން ކެމިކަލް ފެނުމުން ވަގުތީ ގޮތުން ވިއްކުން މަނާކޮށްފި / އަވަސް.އެމްވީ
ހަބަރު
ރާއްޖެއަށް އެތެރެ ކުރާ ދެ ބޭހަކުން ކެމިކަލް ފެނުމުން ވަގުތީ ގޮތުން ވިއްކުން މަނާކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 ނޮވެމްބަރު 2024
މާލެ ސިޓީ

ތަދުކަނޑުވަން ކުޑަކުދިންނަށް ދޭ ސިރަޕެއްގައި ނުރައްކާތެރި ދެ ކެމިކަލެއް ހުރުމުން އެ ބޭސް ބޭނުން ކުރުން ވަގުތީގޮތުން މަނާކޮށްފި އެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ޑައިއީތަލިން ގްލައިކޯލް އަދި އީތައިލިން ގްލައިކޯލް ފެނިފައިވަނީ ޕާކިސްތާނުން އުފައްދައި މެފްނެކްސަސްޕެންޝަންގެ 50 މިލިގްރާމް (މެފެނަމިކް އެސިޑް) އަދި މެލޭޝިއާގައި އުފައްދާ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން 125 މިލިގްރާމް (މެފެނެމިކް އެސިޑް) އިން ކަމަށެވެ.

މި ވަގުތު މި ދެ ބޭހުގެ ކޮންފަމޭޓްރީ ޓެސްޓު ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް އެމްއެފްޑީއޭ އިން ދަނީ ކުރަމުންނެވެ. އެހެން ކަމުން އެމްއެފްޑީއޭ އިން ވަކި އެއްޗެއް އަންގަން ދެން އެ ދެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ.

ބޭސް ވިއްކާ، ބޭސް ގަންނަ އެންމެހާ ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަދި އިތުރު މައުލޫމާތު ހޯދަމަށް ހޮޓްލައިން 7200321 ނަންބަރަށް ގުޅުމަށް އެމްއެފްޑީއޭއިން ވަނީ އެދިފަ އެވެ.

ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް އަކީ އިންޑަސްޓްރިއަލް ކެމިކަލެކެވެ. މި ދެ ކެމިކަލް ހުރި ބޭސް ބޮއެގެން އިންޑޮނީޝިއާގައި 368 ކުދިން އަދި ގެމްބިއާގައި 70 ކުދިން މަރުވި އެވެ. އެއާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސަމާލުކަމަށް މިކަން އައިސް، މިދިޔަ އަހަރު ތަހުގީގުތައް ފެށި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved