February 25, 2026
Advertisement
ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި
ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި / ފޭސްބުކް

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 28, 2024, 04:55 PM
މާލެ ސިޓީ

މިމަހުގެ 18 ވަނަ ދުވަހު ހުޅުވާލި ފުރުސަތު ކެންސަލްކޮށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Advertisement

ކުރީގެ އިއުލާން ބާތިލުކޮށް ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ ބްރޯޑްކޮމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ދެ މެންބަރެއްގެ މުއްދަތު ހަމަވާތީ އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެމްބަރު ނުވަ ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފަ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ އަލުން ހުޅުވާލީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި ކޮމިޝަންގެ މެމްބަރު އަލީ ޔޫސުފްގެ ދައުރު ހަމަވާތީ އެވެ.

މަރިޔަމް ވަހީދާއާއި އަލީ ޔޫސުފް ކޮމިޝަނަށް އައްޔަންކޮށްފައިވަނީ 5 ޑިސެމްބަރު 2019ގައެވެ.

ބްރޯޑްކޮމްއަކީ ހަތް މެމްބަރުން ތިއްބަވާ ކޮމިޝަނެކެވެ. ކޮމިޝަންގެ ރައީސްއަކީ މަރިޔަމް ވަހީދާ އެވެ. ނައިބު ރައީސްއަކީ މުހައްމަދު ފަޒީން އެވެ. އެ ކޮމިޝަންގެ މެންބަރުންނަކީ އަލީ ޔޫސުފް އާއި އާމިނަތު އަމީނާ އާއި ޝިފްލާ އިބްރާޙީމް އާއި ސަފާ ޝަފީގު އަދި އަމިނަތު ނުޒުހާ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved