March 27, 2026
Advertisement
 ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ
ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ / ރާއްޖެއެމްވީ

މި ސަރުކާރުން ފޭހޭ އިލޮށިތައް އަދި އެމީހުން ލޮލަށް ހެރޭތަން އަންނާނެ: ރައީސް ޔާމީން

Aminath Zara
އައިމިނަތު ޒާރާ
Nov 29, 2024, 05:28 PM
މާލެ ސިޓީ

ގޭންގް ކުށްތަކަށް އަދަބު ލިބެންޖެހޭ ގޮތާއި މެދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުން އަންނަ ފްރޮންޓް އޮފީސް ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ގޭންގް ތަކުން ހިންގަމުން އަންނަ ނުރައްކާތެރި ކުށްތަކަށް އަދަބު ދެނީ ޝަރީއަތް މެދުވެރިކޮށް ނޫން ކަމަށާއި އެކުލަވާލާފައިވާ "ޚާއްސަ" ކޮމިޓީއަކުން ކަމަށެވެ.

ގޭންގް ތަކުން ކުރާ ގާނޫނާއި ޚިލާފު ކަންތައްތަކަށް ފިޔަވަޅު އެޅެން ޖެހޭނެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ ބިލުގައި އެ ކުރާ ކަންތައްތަކުގައި މައްސަލަ ބަލާ ނިންމަނީ ކޯޓަކުން ނޫން. ވަކި ޚާއްސަ ކޮމިޓީއަކުން.

ރައީސް ޔާމީން

މީގެ އިތުރުން، މިހާރު ފާސްކުރަން ހުށަހަޅާފައިވާ ގާނޫނުގައި ފުލުހުންގެ އިދާރާގެ ތަހުގީގަށް "ޚާއްސަ އުކުޅުތައް" ބޭނުން ކުރުމުގެ ހުއްދަ ހިމަނާފައިވާ ކަމަށާއި އެއީ ސީދާ އަނިޔާވެރިވުން ކަމުގައި ރައީސް ޔާމީން ފާހަގަކުރައްވާފައިވެއެވެ.

ދުނިޔޭގެ އެންޓި ޓޯޗަރ ކޮމިޝަންގައި ދިވެހި ރާއްޖެ ބައިވެރިވެފައިވާ ކަން ފާހަގަކުރައްވާ އެ ވިދާޅުވާ ޚާއްސަ އުކުޅުތައް ބޭނުންކުރާ ވާހަކަ ގާނޫނުގައި ހިމެނިގެން ނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް އޮތުމުން މިފަދަ ފޭރާން ދަށް ނުކުތާތައް ހިމަނަމުންދާ ކަމަށާއި މިއީ އެއްގޮތަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވަނީ ގޮވާލާފައެވެ.

އަދި އަމިއްލަ މަންފާ ހާސިލުކުރުމަށް ސަރުކާރުން ފޭހޭ އިލޮށި އަނބުރާ އެމީހުންގެ ލޮލަށް ހެރޭނެ ދުވަސް އަދި އަންނާނެ ކަމަށް އެމަނިކުފާނުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

މި ޒަމާނުގެ ތަހުޒީބާއި އެކު ކުރިއަށްދާންވީ ވަގުތު ސަރުކާރުން ސިޔާސަތުތައް ބައްޓަންކުރަނީ މީގެ 30 އަހަރު ކުރީގެ ގޮތްތަަކަށް ކަމަށް ބުނެ ރައީސް ޔާމީން ވަނީ ޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved