March 10, 2026
Advertisement
މޫސުން ގޯސް ދުވަހެއް
މޫސުން ގޯސް ދުވަހެއް / ސޯޝަލް މީޑިއާ

ދެކުނުގެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފި

Aminath Zara
އައިމިނަތު ޒާރާ
Nov 30, 2024, 02:13 AM
މާލެ ސިޓީ

ދެކުނުގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފިއެވެ.

Advertisement

މެޓް އޮފީހުން ހުދު ސަމާލު ނެރުނީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ. މި ސަމާލު ނެރުނީ ހަވީރު 5:00 އިން ފެށިގެން މިރޭ ދަންވަރު 00:30 އާ ހަމައަށެވެ.

ހުދު ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެއްކަން ފާހަގަކުރެވެއެވެ.

މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުދަތުރު ކުރައްވާ ބޭފުޅުން މޫސުމަށް ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved