March 10, 2026
Advertisement
އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން
އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން / އިސްލާމިކް މިނިސްޓްރީ

އައްޑޫ ސިޓީގައި އިމާމުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

Aminath Zara
އައިމިނަތު ޒާރާ
Dec 1, 2024, 02:52 AM
މާލެ ސިޓީ

އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމް އައްޑޫ ސިޓީގައި ފަށައިފި އެވެ.

Advertisement

މި ޕްރޮގްރާމްގައި އެ ސިޓީ އިން 68 އިމާމުން ބައިވެރިވެފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

މިއީ އިމާމުން ތާޒާ ކުރުމުގެ ގައުމީ މަޝްރޫއުގެ ސިލްސިލާގެ ތެރެއިން ކުރިއަށް ގެންދާ ތަމްރީނުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފައިވެ އެވެ.

މި އަހަރު ނިމިގެންދާއިރު މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ އިމާމުން ތަމްރީނުކޮށް ނިމޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެ އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިނިސްޓްރީ އިން އަންނަނީ އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމް ހިންގަމުންނެވެ. މި މަޝްރޫއުއަށް އިމާމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރެވިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved