March 10, 2026
Advertisement
ސްރީލަންކާގައި ބޭއްވި ހަފްލާގައި އެމްއައިބީއަށް ލިބުނު އެވޯޑާ ހަވާލުވީ އެ ބޭންކުގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަންސް އަހުމަދު ނީރައިން ޖަލީލު
ސްރީލަންކާގައި ބޭއްވި ހަފްލާގައި އެމްއައިބީއަށް ލިބުނު އެވޯޑާ ހަވާލުވީ އެ ބޭންކުގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަންސް އަހުމަދު ނީރައިން ޖަލީލު / އެމްއައިބީ

ދެކުނު އޭޝިއާގެ އިސްލާމިކް ފައިނޭންސް އެންޓިޓީ އެވޯޑު އެމްއައިބީއަށް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 2, 2024, 05:04 PM
މާލެ ސިޓީ

ނުވަ ވަނަ އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ އެވޯޑްސް 2024 ގައި ދެކުނު އޭޝިއާގެ އިސްލާމިކް ފައިނޭންސް އެންޓިޓީގެ އެވޯޑް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ލިބިއްޖެ އެވެ.

Advertisement

މި އެވޯޑު އެ ބޭންކަށް ދީފައި ވަނީ ސްރީ ލަންކާގެ ކޮލަމްބޯގައި އޮތް އެވޯޑު ހަފްލާގަ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި އިސްލާމިކް ބޭންކެވެ. އެމްއައިބީގެ ހިދުމަތް ފެށި ފަހުން އެ ބޭންކުން ވަނީ ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެ ބޭންކުން އެ ދާއިރާއަށް އަހުލުވެރިކުރުވުމަށް ދަރިވަރުންނަށް ދާއިރާގެ މައުލޫމާތުތައް ދިނުމާއި އެ ދާއިރާ ކިޔެވުމަށް ސްކޮލަޝިޕް ފުރުސަތުތައް ވަނީ ދީފަ އެވެ. އަދި ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް އިސްލާމީ މާލީ ނިޒާމުގެ ތެރެއިން ގިނަ ހިދުމަތްތަކެއް ފަރުމާކޮށް ތައާރަފްކޮށްފައިވެ އެވެ.

އެމްއައިބީން އަންނަނީ މިވަގުތު ރާއްޖޭގެ ބޮޑެތި ހުރިހާ އާބާދީތަކެއްގައި ހިދުމަތް ދެމުންނެވެ. އޭގެ ތެރޭގައި 12 އަތޮޅެއްގެ 18 ރަށެއްގައި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރައްކާތެރި ބޭންކިން ހިދުމަތް އެ ބޭންކުން އަންނަނީ ފޯރުކޮށް ދެމުންނެވެ.

އެމްއައިބީގެ އީޖާދުތަކާއި އެ ބޭންކުން ދޭ ޒަމާނީ ހިދުމަތްތަކުގެ ސަބަބުން އެމްއައިބީ މިއަދު ވެފައިވަނީ ރައްޔިތުން ބަލައިގަންނަ އިތުބާރު ކުރެވޭ ބޭންކަކަށެވެ.

އެމްއައިބީގެ "އެޕްލައި ނައު" ޕޯޓަލްއަށް މިދިޔަ މަހު ވަނީ ގްލޯބަލް ފިންޓެކް އިންޓަނޭޝަނަލް އެވޯޑުގައި "މޮސްޓް އިނޮވޭޓިވް ޑިޖިޓަލް އޮންބޯޑިން ރޯލްއައުޓް" އެވޯޑު ވެސް ވަނީ ލިބިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved