April 3, 2026
Advertisement
އުރީދޫ ގްރޫޕުން ބާއްވާ މި ދުވުމުގައި ވައިވެރިވުމުގެ ފުރުސަތު މީގެ ކުރިން ވެސް އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ވަނީ ދީފަ
އުރީދޫ ގްރޫޕުން ބާއްވާ މި ދުވުމުގައި ވައިވެރިވުމުގެ ފުރުސަތު މީގެ ކުރިން ވެސް އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ވަނީ ދީފަ / އުރީދޫ

އުރީދޫގެ ދޯހާ މެރަތަނަށް ދާ ނަސީބުވެރިން އިއުލާންކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 2, 2024, 05:17 PM
މާލެ ސިޓީ

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ ދޭ ފުރުސަތު ލިބޭ ލަކީ ޑްރޯގެ ނަސީބުވެރިން އިއުލާނުކޮށްފި އެވެ.

Advertisement

އުރީދޫ މޯލްޑިވްސްއިން ވަނީ ދޯހާ މެރަތަން އިން ދެ ދިވެއްސަކަށް ފުރުސަތު ދިނުމުގެ ގޮތުން ހާއްސަ ލަކީޑްރޯއެއް މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުން ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފަ އެވެ.

މި ލަކީޑްރޯއިން ހޮވިފައިވާ ދެފަރާތަކީ މުހައްމަދު އަޒްހަދު އަހުމަދު އަދި ތޯރިގު މުހައްމަދެވެ.

މިއީ އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަސްޓަމަރުންތަކެއް ދޯހާ މެރަތަނަށް ފޮނުވާ ދެވަނަ ފަހަރެވެ.

މި އަހަރުގެ މެރަތަން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 17 ގަ އެވެ. ދޯހާގެ ހޮޓެލް ޕާކްގައި އޮންނަ މެރަތަންގައި މި އަހަރު 15،000 މީހުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved