March 16, 2026
Advertisement
ފަސް ވަނަ ޙާފިޒަކަށް އުމްރާގެ ފުރުސަތު ދީފި
ފަސް ވަނަ ޙާފިޒަކަށް އުމްރާގެ ފުރުސަތު ދީފި / އިސްލާމިކް މިނިސްޓްރީ

ފަސް ވަނަ ޙާފިޒަކަށް އުމްރާއަށް ފުރުސަތު ދީފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 3, 2024, 04:50 AM
މާލެ ސިޓީ

ކީރިތި ގުރުއާން ހިތު ދަސްކޮށް އިމްތިހާނު ނިންމާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް ފޮނުވާ ޕްރޮގްރާމްގެ ދަށުން، އިތުރު ޙާފިޒަކަށް ފުރުސަތު ދީފި އެވެ.

Advertisement

މި ފަހަރު އުމްރާ ދަތުރު ދިނީ ގއ. ދެއްވަދޫ، އަސްވާޑް، އަލްޙާފިޡާ ޝަބީނާ އާދަމަށެވެ. އެކަމުގެ ލިޔުން އޭނައާ ހަވާލުކޮށް ދެއްވީ އިސްލާމިމް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ޙާފިޒުންނަށް އުމްރާ ދަތުރުދޭން ފެށި މަޝްރޫއުގެ ދަށުން ކުރިން އެ ފުރުސަތު ލިބުނީ އަލްޙާފިޡް އަލީ ރައީފް އާއި އަލްޙާފިޡް އާސިރު އާރިފް ޔޫސުފްގެ އިތުރުން އަލްޙާފިޡް އަޛިން މުހައްމަދު އަދި އަލްޙާފިޡާ ސަޚިއްޔާ އަބްދުލްޢަނީ އަށެވެެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޙާފިޡުންނަށް ޢުމްރާ ދަތުރު ދެމުން އަންނަނީ ދީލަތި ފަރާތްތަކުން ލިބޭ އެހީތެރިކަމުގެ ތެރެއިން ކަމަށެވެ.

ގުރުއާން ހިތުދަސް ކުރާ ޙާފިޡުން އުމްރާއަށް ފޮނުވުމުގެ މަޝްރޫއުއެއް ފައްޓަވާނެކަން އިއުލާންކުރީ މި އަހަރު ބޭއްވީ ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގަ އެވެ.

ގުރުއާން ހިތުދަސްކުރާ ޙާފިޒުން އުމްރާއަށް ފޮނުވުމުގެ މަޝްރޫއު ފެއްޓެވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގުރުއާން ހިތުދަސްކުރުމަކީ ވަރަށް ބޮޑު އަދި ވަރަށް މާތް ކަމެއްކަމަށާއި ޙިފްޒުކުރާ ކުދީން އުމްރާއަށް ފޮނުވުމަކީ ހިތްވަރުދިނުމުގެ ގޮތުން ކުރައްވާ ކަމެއްކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved