March 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރާއްޖޭގެ ވައި ތަޣައްޔަރުވެ މާލެ ސަރަހައްދު ނުސާފު ކަމެއްގެ ތެރޭގައި

Aminath Zara
އައިމިނަތު ޒާރާ
Dec 3, 2024, 08:52 PM
މާލެ ސިޓީ

އުތުރު އިންޑިއާގެ ވައި ތަޣައްޔަރުވެ، އެކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރަން ފަށައިފިއެވެ.

Advertisement

ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ އިންޑިޔާގެ ވައި ތަޣައްޔަރު ވުމުގެ ސަބަބުން އޭގެ އަސަރު ރާއްޖެއަށް ކުރާ ދުވަސްވަރެކެވެ.

ޖައްވުގެ ނުސާފުކަން އަންގައިދޭ "އައިކިއު އެއާ" އިން ދައްކާ ގޮތުގައި މިއަދު މެންދުރު މާލޭގެ ވައިގެ ކޮލިޓީ ހުރީ 82 ގައެވެ. އަދި ވިލިމާލޭގެ ވައިގެ ކޮލިޓީ ހުރީ 84 ގައެވެ. މިއީ މޮޑެރޭޓް ލެވެލްއެކެވެ. އެކަމަކު، އިއްޔެ ވިލިމާލޭގެ ވައިގެ ކޮލިޓީ ހުރީ 139 ގައެވެ. އެއީ ސިއްހަތަށް ގެއްލުން މިންވަރެކެވެ.

އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. މިކަމުގެ ސަބަބުން ވައި ނުސާފުވެ ދުރު ފެންނަވަރު ވަރަށް ބޮޑަށް ދަށްވެ، ދަތުރުފަތުރު ކުރުމަށާއި އެހެނިހެން ކަންކަމަށް އުނދަގޫވެއެވެ.

ރާއްޖެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ހަފްތާގައި ސިއްހީ ގޮތުން ނުރަނގަޅު މިންވަރަކަށް ދާން ފަށާފައިވާ ކަމަށް ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މެޓް އޮފިހުން ވިދާޅުވި ގޮތުގައި ޑިސެންބަރު މަހާއި މާޗް މާހާއި ދޭތެރޭގައި އާންމު ގޮތެއްގައި ވައިގެ ކޮލިޓީ ދަށްވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved