April 3, 2026
Advertisement
އުރީދޫގެ ސުޕަނެޓް ހިދުމަތް އަޕްގްރޭޑްކޮށް، އަންލިމިޓެޑް ހިދުމަތް ލިބޭނެ ޕެކޭޖްތަކެއް ވަނީ ތައާރަފް ކޮށްފައި
އުރީދޫގެ ސުޕަނެޓް ހިދުމަތް އަޕްގްރޭޑްކޮށް، އަންލިމިޓެޑް ހިދުމަތް ލިބޭނެ ޕެކޭޖްތަކެއް ވަނީ ތައާރަފް ކޮށްފައި / އުރީދޫ

އުރީދޫ ސުޕަނެޓަށް އަންލިމިޓެޑް އިންޓަނެޓް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 3, 2024, 11:44 PM
މާލެ ސިޓީ

އުރީދޫ މޯލްޑިވްސްގެ ސުޕަނެޓްގެ ހިދުމަތަށް ގެނެވުނު އަޕްގްރޭޑާއެކު ކަސްޓަމަރުންނަށް އަންލިމިޓެޑް އިންޓަނެޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

Advertisement

އުރީދޫން ބުނީ އަންލިމިޓެޑް ޕެކޭޖުތަކާއެކު މުޅި ދުވަހު ސްޓްރީމްކޮށް، އަލްޓްރާ-ލޯ ލެޓެންސީއާއެކު މެދުކެނޑުމެއް ނެތި ގޭމް ކުޅެ އަދި އެއްވެސް ހުރަހެއް ނެތި އެއް ސްޕީޑެއްގައި ބްރައުޒްކޮށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

އުރީދޫން ބުނީ އެ ކުންފުންޏަކީ ކަސްޓަމަރުން އެންމެ ފުރިހަމަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. އެ ޕެކޭޖުތަކުގެ ތެރޭގައި 25 އެމްބީޕީއެސްއިން ފެށިގެން 1 ޖީބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުގައި އަންލިމިޓެޑް ޑޭޓާ ލިބޭ ޕެކޭޖުތައް ހިމެނެ އެވެ.

ސުޕަނެޓް އަންލިމިޓެޑް ޕްލޭންތައް ތައާރަފުކުރުމާއެކު އުރީދޫން ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތަށް އާ މިންގަނޑެއް ކަނޑައަޅައި، އަތްފޯރާ ފަށަށް އަންލިމިޓަޑް އިންޓަނެޓް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ އަންލިމިޓަޑް ސުޕަނެޓާއެކު:

  • އެއްވެސް ހުރަހެއް ނެތި މުޅި ދުވަހު ސްޓްރީމް ކުރުން
  • އަލްޓްރާ-ލޯ ލެޓެންސީއާއެކު މެދުކެނޑުމެއް ނެތި ގޭމް ކުޅުން
  • ބްރައުޒްކުރުމާއި، މަސައްކަތްކުރުމާއި، ކިޔެވުމާއި އެއްވެސް ހުރަހެއް ނެތި ގުޅާލުން

އުރީދޫ މޯލްޑިވްސް އިން ދަނީ ޒަމާނީ ފެންވަރުގެ އިންޓަނެޓް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެއްވެސް ލިމިޓަކާ ނުލައި ގުޅާލެވިގެން ތިބުމުގެ މަގު ފަހިކޮށްދެމުންނެވެ.

އުރީދޫން ތައާރަފްކޮށްފައިވާ އަންލިމިޓެޑް ސުޕަނެޓް ޕެކޭޖުތަކުގެ މައުލޫމާތުތައް އެ ކުންފުނީގެ ވެބްސައިޓުން ލިބޭނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved