theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިލެކްޝަން ކޮމިޝަންގެ ނައިބު އަދި ރައީސް / އިލެކްޝަންސް ކޮމިޝަން
ހަބަރު
މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
Hanaan Naeem
ހަނާން އަހުމަދު ނަޢީމް
05 ފެބްރުއަރީ 2024
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ، އިންތިހާބާއި ބެހޭ މަރުކަޒު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެގޮތުން އެ ޕޯސްޓުގައި ވަނީ، ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ކަމަށް ހާމަކުރައްވާފައެވެ.

އިތުރަށް އެޕޯސްޓުގައިވަނީ، މިފަހަރު ރީރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ހަމަ އެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަން ހާމަކޮށްފައެވެ.

VR(space)NID no ޖެއްސެވުމަށްފަހު 1414 އަށް އެސްއެމްއެސް ކޮށްލުމުން އެމީހަކު ރަޖިސްޓްރީ ވެފައިވާ ތަނުގެ މައުލޫމާތު ލިބޭނެއެވެ. އަދި އީސީގެ ކޯލް ސެންޓަރު، 1414 އަށް ވެސް ގުޅުއްވައިގެން މައުލުމާތު ސާފުކުރެވޭނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?