March 28, 2026
Advertisement
ޑރ. ޖަމީލް
ޑރ. ޖަމީލް / ޝަފްރާޒް | ތޭރަ އިމޭޖްސް

މި ގައުމުގެ އިކޮނޮމީ ދެން ވެސް ފިކްސްކުރައްވާނީ ރައީސް ޔާމީން: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 6, 2024, 06:43 PM
މާލެ ސިޓީ

ހަލާކުވެ އިނދަޖެހެމުންދާ މި ގައުމުގެ އިގްތިސާދު ދެންވެސް ނަގާ ކޮޅަށް ޖައްސަވާނީ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނު އިސް ގާނޫނީ ވަކީލު އަދި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން ގެންދާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ޑރ ޖަމީލު ވަނީ މިހާރު ގައުމު އޮތް ހާލަތަށް ނަޒަރު ހިންގަވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ޑރ ޖަމީލު ވަނީ ރާއްޖޭގެ އިގްތިސޯދު އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އަބަދުވެސް އިވޭ އަޑަކީ ރާއްޖެއަކީ ކުޑަ ގައުމަކަށްވެފައި ރިސޯސް މަދު ވާހަކަ ކަމަށާ ނަމަވެސް ތޫނުފިލި ވެރިން ގައުމުތަކަށް އައްޔަން ވެގެންދާ ނަމަ އެކަންކަންވެސް ބަދަލުކުރައްވާނެ ކަން ދުނިޔޭގެ އެކި ގައުމުތަކުން ފެނިގެން ގޮސްފައިވާ ކަމަށާ އެގޮތުން ދުނިޔޭގައި ކުޑަ ގައުމުތަކުގައި ގޮތުގައި ތަރައްގީވެފައިވާ ގައުމުތަކާ އެއް ހަމައެއްގައި ރާއްޖެވެސް ފައިތިލަ ސާބިތުކުރި ކަމަށާ އެއީ ރައީސް ޔާމީންގެ ޒައާމަތުގައި ކަން ޑރ ޖަމީލު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރުވެސް ރާއްޖެ އޮތީ މިއަދު އޮތް ފަދަ ދަތި ހާލަތެއްގައި ނަމަވެސް ރާއްޖެއަށް ހޯދައިދިން ކުރިއެރުން ފަސް އަހަރުތެރޭގައި ފެނިގެން ދިޔައި އަޖައިބުވާ މިންވަރަކަށް ކަމަށް ވުމުން ދެންވެސް ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އަޅުއްވާ ދެއްވާނެ އަދި ދެއްވޭނެ ވެރިޔަކީ ރައީސް ޔާމީން ކަން ޔަގީންވާ ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

ކާކުތަ ބުނާނީ މިއޮއް ބޮޕޑު ބުރިޖާ ހުޅުމާލޭ ފޭސް ދޭކާ ސަލްމާން މިސްކިތްތައް ފަދަ ތަންތަން ޣާއިމުކުރެވޭނެ. އެކަމަކު އެކަން ކަން ނިންމަވާ ދެއްވާ ރައީސް ޔާމީން ގައުމު ހަމައަކަށް އެޅުއްވި. އެހެންވީމަ ދެންވެސް މި ގައުމުގެ އިކޮނޮމީ ދެން ވެސް ފިކްސްކުރައްވާނީ ރައީސް ޔާމީން

ޑރ ޖަމީލު ވިދާޅުވިއެވެ.

ޑރ ޖަމީލު އިތުރަށް ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒު ގައުމު ހިންގެވުމުގައި ތަބާ ވަނީ ބައްޕާފުޅުގެ ފޮތަށް ކަމަށް ވިދާޅުވެފައިވީ ނަމަވެސް އެކަން އެމަގުން ނުހިނގާކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved