April 4, 2026
Advertisement
އެމްޑީޕީގެ އިހުތިޖާޖުތައް މުޅި ރާއްޖެއަށް ފުޅާކުރަނީ
އެމްޑީޕީގެ އިހުތިޖާޖުތައް މުޅި ރާއްޖެއަށް ފުޅާކުރަނީ / އެމްޑީޕީ

އެމްޑީޕީގެ އިހުތިޖާޖުތައް މުޅި ރާއްޖެއަށް ފުޅާކުރަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 11, 2024, 04:48 AM
މާލެ ސިޓީ

މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

Advertisement

އެމްޑީޕީގެ ގައުމީ މަޖިލީސް މިކަމަށް އިއްތިފާގުވީ މިރޭ ކާނިވާ ސްޓޭޖް ސަރަހައްދު ގައި އޮތް ބައްދަލްވުމުގަ އެވެ. އެ ބައްދަލްވުން އޮތީ "ގާނޫނު އަސާސީގެ ދިފާއުގައި" އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގެ ކުރީންނެވެ.

ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރުގައި ވަނީ އެ އިހްތިޖާޖުތަކުގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި އެކަމުގައި ބައިވެރިވާން ބޭނުންވާ ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރަންވެސް އެދިފަ އެވެ.

އެމްޑީޕީ އިން މުޅި ރާއްޖެއަށް އިހްތިޖާޖުތައް ފުޅާކުރަން ނިންމާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރުވީއިރު ސަރުކާރުން ރައްޔިތުންނަށް ވީވައުދުތައް ފުއްދުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ބުނެ އެވެ.

އެގޮތުން އެމްޑީޕީން ދަނީ މި ފަހުން ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށް އާންމު ދިރިއުޅުމަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށްވެސް ބުނަމުންވެ.

މަސްވެރިންނާއި ޓެކްސީ ޑްރައިވަރުންނާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާއި ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ވެސް އެމްޑީޕީން ދަނީ ފާހަގަކުރަމުންނެވެ.

އެމްޑީޕީގެ އިހްތިޖާޖުތައް މުޅި ރާއްޖެއަށް ފުޅާކުރަން ނިންމި ނަމަވެސް އެކަން އަމަލީ ގޮތުން ކުރާނެ ދުވަހެއް އަދި އިހްތިޖާޖުތައް ފުޅާކުރުމަށް ކުރާނެ ކަންކަމުގެ ތަފްސީލް އެމްޑީޕީ އިން ދީފައެއް ނުވެ އެވެ.

އެ ޕާޓީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސް އާއި ރައީސް އަބްދުﷲ ޔާމީނު އިސްވެ ހުންނަވާ އުފެއްދެވި ޕީއެންއެފް އިން ވެސް ދަނީ މި ސަރުކާރާ ދެކޮޅަށް ސިޔާސީ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved