April 24, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހް ޖަމާލް
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ރައީސް މުއިއްޒުގެ ބޮލުގައި އެޅޭ ކޮރަޕްޝަންގެ ތުހުމަތުތައް މަސްވެރިން ބާނާ މަހަށްވުރެ ގިނަ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 11, 2024, 07:01 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒުގެ ބޮލުގައި އެޅޭ ކޮރަޕްޝަންގެ ތުހުމަތުތައް، މަސްވެރިން ބާނާ މަހަށްވުރެ ގިނަ ކަމަށް ވިދާޅުވެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދަ ގޮތަކަށް ސަރުކާރަށާ ރައީސް މުއިއްޒަށް ފާޑުވިދާޅުވެފައިވަނީ، ދުނިޔޭގެ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބާގައި ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މަލީހު ވިދާޅުވީ، ރައީސް މުއިއްޒަކީ ކޮރަޕްޝަންގެ ތުހުމަތަކެއްގެ މާޒީ އެމަނިކުފާނުގެ މައްޗަށް އޮތް ބޭފުޅެއް ކަމަށެވެ. މަލީހު ވިދާޅުވީ މިއަދު ފެންނަމުން ދަނީ ކޮރަޕްޝަން ހުއްޓުވަން އޮތް މުއައްސަސާގެ ތެރެއިން ވެސް ވައްކަން ކުރަމުންދާ މަންޒަރު ކަމަށަ އެހެންކަމުން ކޮރަޕްޝަން މި ސަރުކާރުގައި ހުއްޓުވޭނެ ކަމަށް އުއްމީދުކުރެވެން ވެސް ނެތް ކަމަށެވެ.

މުއިއްޒުގެ އިސްތަށިފުޅުގައި އެޅިފައިވާ ކޮރަޕްޝަންގެ ތުހުމަތުތައް މިވަގުތު ދިވެހި މަސްވެރިން ބާނާ މަހަށްވުރެ ގިނަ. ނޫމަޑީގެ މައްސަލަ. މުއިއްޒު މާލެ ސޓީގައި ކައުންސިލްގަ ހުންނަވާފަ މާލެ މަގުމައްޗާ ޕާކިން ނަމުގައި މާލޭގައި ހުރި ބިންތަކާ އަދި އެންމެ ސިޓިއެއް ޖަހަން ހަ ލައްކަ ރުފިޔާ ޚަރަދުކުރި ބޭފުޅެއް މުއިއްޒަކީ. މާލެ ސިޓީގެ އޮޑިޓެއް ހަދައިފި ނަމަ މުއިއްޒަށް ތުހުމަތުކުރެވޭ އެތައް ކޮރަޕްޝަންގެ މައްސަލައެއް ތިލަވާނެ އަދި.

މަލީހު

މަލީހު އިތުރަށް ވިދާޅުވީ މި ސަރުކާރުގައި ރައްޔިތުން ނިކަމެތިވެއްޖެ ކަމަށާ އެކަން އެހެންވަނީ، ވެރިންގެ ތެރޭގައި ވައްކަން ތިޔާގިވުމުން ކަމަށެވެ. މަލީހު ވިދާޅުވީ، ރައީސް މުއިއްޒު ދެކެ ރައްޔިތުން މިހާ ބޮޑަށް ނުރުހުން ވެގެން އުޅޭ މައިގަނޑު ސަބަބަކީ ސަރުކާރުގެ ތެރެއިން ކުރަމުން ގެންދާ ބޮޑެތި ވައްކަންތައް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved