March 19, 2026
Advertisement
މެމްބަރު ވަހީދު (ވައްޑެ)
މެމްބަރު ވަހީދު (ވައްޑެ) / މަޖިލިސް

މަސްވެރިން ކުރަމުން އައި މަސައްކަތް ބިރުވެރި ހާލަތަކަށް ގޮސްފި: ވައްޑެ

Aishath Naja
އައިޝަތު ނަޖާ
Feb 6, 2024, 06:00 PM
މާލެ ސިޓީ

ރާއްޖޭގެ މަސްވެރިން އެތައް ހާސް އަހަރެއް ވަންދެން ކުރަމުން އައި މަސައްކަތް މިއަދު މިވަނީ ބިރުވެރި ހާލަތަކަށް އައިސްފައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު ވިދާޅުވެއްޖެއެވެ.

Advertisement

ވައްޑެ މިހެން ވިދާޅުވީ، ރާއްޖޭގެ ކަނޑުތަކަށް އިންޑިއާ ސިފައިން ވަދެ މަސްވެރިންތަކަކަށް ބިރުދައްކާފައިވާތީ ކަންބޮޑުވުން ފާޅުކޮށް ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، މިކަމާ ގުޅިގެން ސަރުކާރުން އިންޑިއާއަށް ސިޓީއެއް ފޮނުއްވި ކަމަށް ސަރުކާރުން ވިދާޅުވާ ކަމަށާއި، ޑިފެންސް މިނިސްޓްރީން ބަޔާނެއްވެސް ނެރުއްވާފައި އެބައޮތް ކަމަށެވެ.

ނަމަވެސް އެބޭފުޅުންގެ ސިޔާސީ މަސްލަހަތު ފެންނަ އިރު، ސިޔާސީ ޝައުގު ހުންނަ ކަންކަމުގައި އެބޭފުޅުން ބަރިބަރިއަށް ވަޒީރުންނާ ރައީސް އަރުއްވައިގެން ފައިސާތައް ކަނޑުއްވާ ކަމަށާއި، ނަމަވެސް މިހާ ސީރިއަސް މައްސަލައެއްގައި ރައްޔިތުންނަށް ބަޑި ހިފައިގެން ދިވެހި އޮޑިފަހަރަކަށް އަރައިފިކަން އެނގޭއިރު އެކަމުގެ މައުލޫމާތު ނުދޭ ކަމަށް ވައްޑެ ވަނީ ފާހަގަކުރައްވާފައެވެ.

ކަންހިނގިޔަ ދިޔަ ގޮތުގެ ސައްހަ ސާފު މައުލޫމާތު ފޯރުކޮށްނުދީ ތިބޭ ތިބުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ ސަރަހައްދާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި، ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އެންމެ އަސާސީ ޒިންމާ އުފުލަން އޮތް ސަރުކާރެއްގެ ވަރަށް ބޮޑު އިހުމާލެއް، ވަރަށް ބޮޑަށް މަސައްކަތުން ރެކުމެއް، އަޅުގަނޑުމެން މިމަޖިލީހުން ސަރުކާރުންވާ އިހުމާލު، ދިވެހިރާއްޖޭގެ މަސްވެރިންގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ކުރަނީ ކޮންކަމެއްތޯ ހަމަ މިހާރުން މިހާރަށް ބެލުންމަތީ މިމަޖިލިސް އޮންނަނަޖެހޭނެ ކަމަށް އަޅުގަނޑު ދެކެން

ވައްޑެ

ހަމައެއާއެކު، ދިވެހިރާއްޖެ 1965 ވަނަ އަހަރު މިނިވަންވިއްސުރެ އަދި އޭގެ ކުރިން ލިޔެވިފައިހުރު ތާރީހުގައިވެސް ދިވެހިންނަކީ މުޅި ސަރަހައްދުގައިވެސް ރަހުމަތްތެރި މެހުމާނުންނަށް ކަމޭހިތާ އެހެނިހެން މީހުންނަށް އިހުތިރާމް ކުރަމުން އަންނަ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ، ފާއިތުވީ ދެމަހެއްހާ ދުވަސް ތެރޭގައި ދިވެހިރާއްޖެ ޚާރިޖީ ގޮތުން ބައްޓަންވަމުން މިދާ ގޮތާއި، އަދި ރައީސުލްޖުމްހޫރިއްޔާ ހިމެނޭހެން ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ކުރައްވަމުން ގެންދާ ކަންކަމުގެ ސަބަބުން ނިކުންނަ ނަތީޖާއާ، އޭގެ ފަހަތުން ހިނގާ ކަންތައްތައް ސަރުކާރުން ބެހެލެއްޓެން ޖެހޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved