March 13, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް މޫސުން ގޯސް - މެޓް

Aminath Zara
އައިމިނަތު ޒާރާ
Dec 13, 2024, 08:08 PM
މާލެ ސިޓީ

އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

Advertisement

މިއަދު އިރު އޮއްސި 18:00 އަށް މެޓްއިން މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އުތުރާއި ދެކުނަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފައި ވެއެވެ.

އަދި މެދު ރާއްޖެ ތެރޭގައި މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

ހުނޅަގާއި ހުޅަނގު އުތުރުން އެންމެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓްއިން ލަފާ ކޮށްފައި ވެއެވެ.

މެޓްއިން ވިދާޅުވީ އެންމެ ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.

މީގެ އިތުރުން، ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިނުގައި 4-7 ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އުތުރާއި މެދު ރާއްޖެތެރެއަށް 4-2 ފޫޓްގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ވިދާޅުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved