March 19, 2026
Advertisement
ވޯޓުލާ ވަގުތު ހަމަވުމުން ވޯޓު ފޮށި ގުނަން ފަށަނީ
ވޯޓުލާ ވަގުތު ހަމަވުމުން ވޯޓު ފޮށި ގުނަން ފަށަނީ / މިހާރު

މަޖިލިސް އިންތިހާބުގައި ވޯޓްލާން ރީރަޖިސްޓާ ކުރީ 3،302 މީހުން

Aishath Naja
އައިޝަތު ނަޖާ
Feb 6, 2024, 06:20 PM
މާލެ ސިޓީ

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރަން މާޗު 17, ގައި ބާއްވާ އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާން 3،302 މީހުން ރަޖިސްޓާކޮށްފައިވާ ކަމަށް އިލެެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

Advertisement

އީސީއިން އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން ހޯމަ ދުވަހު އިރުއޮއްސި 18:00 ގެ ނިޔަލަށް ރީރެޖިސްޓާވުމަށްޓަކައި އެ އިދާރާއަށް 3،769 ފޯމު ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ހުށަހެޅި 1،274 އެޕްލިކޭޝަނާއި، އީފާސް މެދުވެރިކޮސް ހުށަހެޅި 672 ފޯމު ހިމެނެ އެވެ.

މީގެ ތެރެއިން އީސީއިން ރެޖިސްޓާކޮށްދީފައިވަނީ 3،302 ފޯމެވެ. އެއީ އޮންލައިންކޮށް ހުށަހެޅި 1،081 އެޕްލިކޭޝަން އަދި 652 ފޯމެވެ. އަދި 467 ހުށަހެޅުމެއް އީސީން ވަނީ ބަލައިނުގަނެވޭކަމަށް ނިންމާފަ އެވެ.

އީސީން ވަނީ ރީރަޖިސްޓަރީ ކުރަަން ހުށަހެޅުމުގެ ކުރިން، މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކުކުރުމަށް އެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށްޓަކައި ރަށްވެހިވެފައިވާ ރަށް ނޫން ތަނެއްގައި ވޯޓުލުމަށް ރީރަޖިސްޓަރީ ކުރުމުގެ ސުންގަޑިއަކީ ބުދަ ދުވަހުގެ ހަވީރު 16:00 ގައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved