March 13, 2026
Advertisement
-
- / އިސްލާމިކް މިނިސްޓްރީ

އިމާމުންނާއި ޚަތީބުން ތާޒާ ކުރުމުގެ ފަހު ބެޗް ތަމްރީން ކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Dec 15, 2024, 05:54 PM
މާލެ ސިޓީ

އިމާމުން ތާޒާކޮށް ތަމްރީން ކުރުމަށް އިސްލާމިކް ވުޒާރާއިން ފަށާފައިވާ މަޝްރޫޢުގެ ދަށުން މި ޕްރޮގްރާމްގެ ފަހު ބެޗްގެ އިމާމުން ތަމްރީން ކޮށްފިއެވެ.

Advertisement

އިމާމުން ތަމްރީނު ކުރުމުގެ ޤައުމީ މި މަޝްރޫޢުގެ ދަށުން 818 އިމާމުން މިއަހަރު ވަނީތަމްރީނު ކުރެވިފައި ކަމަށާއި މި ތަމްރީނު ގައި، ފިޤުހާއި، ހަދީސް، ތަފްސީރު، މުޖުތަމަޢުބިނާކުރުމުގައި މިސްކިތްތަކުގެ ދައުރާއި، އިމާމުންނާ ބެހޭ ވަޒީފާގެ ޤަވާޢިދުތައް މި ފަދަދާއިރާތަކުން އާ މައުލޫމާތާއި ތަމްރީން ދެވިފައިވާނެ ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ރާއްޖޭގެ ހުރިހައި އިމާމުން ތަމްރީނު ކުރުމުގެ ޤައުމީ މަޝްރޫޢުގެ އެންމެ ފަހު ބެޗް ( މާލެސިޓީ އިމާމުން/ ޚަޠީބުން) ގެ ތަމްރީނު އިއްޔެ ނިމިފައިވާއިރު މި ބެޗްގެ ތަމްރީނުނިމުމާއެކު 2024 ގައި ޕްލޭން ކުރި ގޮތައް މިއަހަރުގައި ރާއްޖޭގެ އެންމެހައިމިސްކިތްތަކުގެ އިމާމުން ތަމްރީނުކޮށް ވަނީ ނިމިފައެވެ.

މި ޕްރޮގްރާމްގެ ދަށުން 08 އަތޮޅެއްގައިވެސް ވަނީ އިމާމުން ތާޒާ ކުރުމުގެ ތަމްރީންތައް ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމް ގެންގޮސްފައިވަނީ ހއ، ހދ، ށ، ބ، ޅ، ކ، އއ، އދ ގެ އިމާމުންނަށެވެ. މިއީ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ. މި 8 އަތޮޅުން 321 އިމާމުން މި ޕްރޮގުރާމް ފުރިހަމަކޮށްފައިވާއިރު މިއަހަރުގެ މިހާތަނަށް މާލެ ސިޓީ ފިޔަވާ ހުރިހާ އަތޮޅެއްގެ އިމާމުންނަށް މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާއިރު 714 އިމާމުން ވަނީ ޕްރޮގުރާމުގައި ބައިވެރިވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved