April 16, 2026
Advertisement
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ހަސީބް.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ހަސީބް. / ރައީސް އޮފިސް

އީސީގެ މެންބަރު ކަމަށް ހަސީބު އައްޔަންކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 16, 2024, 06:12 PM
މާލެ ސިޓީ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމުގެ މަގާމަށް ކަމަށް އަބްދުލްހަސީބް އިސްމާއީލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

Advertisement

އޭނާއަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އީސީގެ މެންބަރު ކަމަށް ހަސީބު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ.

އެ ގޮތުން ހަސީބު އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 67 މެންބަރުންގެ އިއްތިފާގުންނެވެ.

ހަސީބު ވަނީ އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

އީސީގެ މެންބަރު ކަމަށް ހަސީބު ކުރިމަތިލެއްވީ އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ މެންބަރު ކަމަށް ފުރުސަތު ހުޅުވާލުމުންނެވެ.

ހަސީބް އައްޔަން ކުރުމާ ހަމައަށް ތިން މަގާމެއް ހުސްކޮށް އޮތުމުން އެ ކޮމިޝަންގެ މަސައްކަތްތައް އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. ކޮމިޝަންގެ ބައްދަލުވުންތައް ބޭއްވޭނީ ދެބައިކުޅަ އެއްބަޔަކަށް ވުރެ ގިނަ މެންބަރުން ހާޒިރުވެގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރުމާ އެކު އެ ދެ ގޮނޑި ވެސް މިވަގުތު އޮތީ ހުސްކޮށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved