March 19, 2026
Advertisement
 ރުހުން ނުދޭ 3 ވަޒީރުން
ރުހުން ނުދޭ 3 ވަޒީރުން / އަދަދު

ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުން ހޯދުމަށް އަނެއްކާ ވެސް މަޖިލީހަށް

Aishath Naja
އައިޝަތު ނަޖާ
Feb 6, 2024, 09:36 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުން ހޯދުމަށް އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

Advertisement

މި ވަޒީރުންނަށް ރުހުން ދިނުމަށް އެދި އަލުން މަޖިލީހަށް ފޮނުވާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ޗެނަލް 13 އަށް ވަނީ މައުލޫމާތުދީފައެވެ.

ވަޒީރުންނަށް ރުހުން ދޭން ދައުރުން ބޭރުން މިދިޔަ ޖެނުއަރީ 29 ގައި ބޭއްވި ޖަލްސާގައި މަޖިލީހުން ރުހުން ދީފައި ނުވަނީ ބަންޑާރަނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

ރުހުން ނުދިން ތިން ވަޒީރުން ވެސް އެ ދުވަހު އަނެއްކާވެސް އެ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަލުން އައްޔަންކުރައްވާފައެވެ.

ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަންކޮށް ރުހުން ހޯދަން މަޖިލީހަށް ފޮނުވުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އީވާ އަބްދުﷲ މަޖިލީހަށް ގަރާރެއް ވަނީ ހުށަހަޅާފައެވެ.

މިއީ ސަރުކާރަށް އޮތް އިތުބާރު ގެއްލި މަޖިލީހަށް ދީފައިވާ ބާރު ކަނޑުވާލުން ކަމަށް އީވާގެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved