March 13, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފްރާންސްގެ އާއިލާ ޑީޕޯޓްކޮށްލުމަށް ނިންމެވުމާއި ދެކޮޅަށް ޒުވާނުން މުޒާހަރާކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Dec 17, 2024, 05:49 PM
މާލެ ސިޓީ

ފްރާންސް އަށް ނިސްބަތްވާ މުސްލިމް އާއިލާއެއް ވިސާ ނެތި ރާއްޖޭގައި އުޅެމުންދާތީ އެ އާއިލާ ޑީޕޯޓް ކޮށްލުމަށް ނިންމެވުމާއި ގުޅިގެން ޒުވާނުން މުޒާހަރާ ކޮށްފިއެވެ.

Advertisement

އާޓިފިޝިއަލް ބީޗް ސަރަހައްދުގައި އިއްޔެ ހަވީރުން ފެށިގެން ކުރިއަށް ރޭގެ ނިޔަލަށް ކުރޔަށްދިޔަ މި މުޒާހަރާގައި އެ އާއިލާ ޑީޕޯޓްކޮށްލުމާއި ދިވެހިން ދެކޮޅުކަން ހާމަވާ ލިޔުންތައް ބޭނުންކޮށްފައިވެއެވެ.

މިގޮތުން، ކޮންމެ ގައުމަކުން އަޔަސް ވެސް މުސްލިމުންނަށް ދިވެހިން މަރުހަބާ ކިޔާނެ ކަމަށާއި ފްރާންސް ފަދަ މުސްލިމުންނަށް އަނިޔާވެރި ގައުމަކަށް އެ އާއިލާ އަނބުރާ ފޮނުވާނުލުމަށް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެއެވެ.

މީގެ އިތުރުން، 12 އަހަރު ވީ އިރު އަމާންކަމާއި ސުލްހަވެރިކަމާއި އެކު ދިވެހިންނަށް އެއްވެސް އުނދަގުލެއް މި އާއިލާ ކޮށްފައިނުވާ ކަމަށާއި އެ ފަރާތްތަކަށް ސްޕެޝަލް ވިސާއެއް ހަމަޖައްސާ ދިނުމަށްވެސް ގޮވާލާފައިވެއެވެ.

މި މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.

-
-
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved