ނިިމި ދިޔަ ސަރުކާރުން ކަށަވަރުކޮށްދީފައި ގެދޮރުވެރިޔާ ފްލެޓުތައް ނުދީ ލަސްކުރާތީ އެ ހައްގު ހޯދަން ހައުސިން މިނިސްޓްރީ ދޮށަށް ދިއުމުން އެއީ އެ ރައްޔިތުން މަޝްހޫރުވާން ކުރާކަމެއްގެ ގޮތުގައި މިނިސްޓްރީގެ މުވައްޒަފަކު ސިފަކޮށްފިއެވެ.
މީސް މީޑިޔާގައި ދައުރުވަމުން އަންނަ ވީީޑިއޯއަކުން ފެންނަ ގޮތުގައި މިހާރު ހައުސިން މިނިސްޓްރީ ހިންގަމުން އަންނަ ދަރުބާރުގޭ ދޮށަށް އިއްޔެ ވެހުނު ވިއްސާރައިގެ ތެރޭގައި ދިވެހި ރައްޔިތުންތަކެއް ދިއުމުން އެތަނުން ބޭރުގައި އެ ރައްޔިތުންނާ ދިމާއަށް ހައުސިންގެ ލީގަލް ގައި ބައިގައި މަސައްކަތްކުރާ އައިޝަތު ޝިހާބުވަނީ ޒުވާބުކުރާ އުސޫލުން ވާހަކަ ދައްކާ އެ ރައްޔިތުން އުޅެނީ ހައްގު ކަށަވަރުކުރަން ނޫން ކަމަށާ އެއީ އެ ރައްޔިތުން މަޝްހޫރުކަން ހޯދަން ކުރާކަމެއްކަމަށް ވެސް ބުނެފައިކަމަށް ވެއެވެ.
Housing State Minister Nizam’s lover Aishath Shihab (A117429, 19-09-1989, Kadu Olhi / Ga. Viligili) from Legal has just told citizens that they’re coming there to get famous and not to fight for any rights.
— Hassan Kurusee (@HKurusee) December 17, 2024
Can you believe it? What an evil thing to say. What an inconsiderate… https://t.co/RavSG69nsJ pic.twitter.com/1n0Kocruje
އެ ވީޑިއޯގައި ފެންނަ ގޮތުގައި ރައްޔިތުން ދިޔައީ ފްލެޓުތައް ނުދީ ލަސްކުރާތީ ކަންބޮޑުވުން ފާޅުކޮށް ލަސްކުރަމުންދާ ސަބަބާ މެދު ސުވާލުވެސް ކޮށްފައެވެ.
ފެދޮރުވެރިޔާ ފްލެޓު ކުރީ ސަރުކާރުން ދީފައިވަނީ އުސޫލުން ބޭރުން ކަމަށް ބުނެ މި ސަރުކާރު އައިސް އެ ލިސްޓު ދިރާސާކޮށް މައްސަލަ ބަލަން އޭސީސީއަށް ހުށަހެޅުމުން އޭސީސީއިން ވަނީ އެ ލިސްޓު ދިރާސާކުރުމަށް ފަހު ފައިނަލް ލިސްޓެއް ހައުސިންއަށް ފޮނުވާފައިކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް މިހާރު އަހަރެއް ފާއިތުވެގެން ދާއިރުވެސް އަދިވެސް އެ ފްލެޓުތައް ނުދޭތީ ރައްޔިތުން ގެންދަނީ ނުރުހުން ފާޅުކޮށް އިހުތިޖާޖުވެސް ކުރަމުންނެވެ.