February 20, 2026
Advertisement
އަލީ ރަމީޒް
އަލީ ރަމީޒް / ޖަމީއަތުއް ސަލަފު

އަލީ ރަމީޒު ޖަމިއްޔަތުއް ސަލަފުން އިސްތިއުފާ ދީފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 22, 2024, 04:13 AM
މާލެ ސިޓީ

އަލީ ރަމީޒު ޖަމިއްޔަތުއް ސަލަފުން މިއަދު އިސްތިއުފާދީފި އެވެ.

Advertisement

ސަލަފް އަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާގައި ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން ހަރަކާތްތެރި ވާއިރު، ފާއިތުވި އަހަރުތަކުގައި ސަލަފްއިން ދީނީ އެކި ހަރަކާތްތައް ބާއްވައި އިންތިޒާމް ކޮށްފައިވެ އެވެ.

ސަލަފުގެ އޮޕަރޭޝަން މެނޭޖަރުގެ މަގާމުގައި ވެސް ހުރި އަލީ ރަމީޒު ވަނީ ސަލަފުން ވަކިވެފައިވާ ކަމަށް އިއުލާނުކޮށް ސޯސަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ.

އަލީ ރަމީޒުގެ ސަލަފުން އިސްތިއުފާ ދިން އިރު ޖަމިއްޔަތުއްސަލަފަށް ސިޔާސީ ފިކުރު ވަންނަކަމަށް ގިނަ ބަަޔަކު އަންނަނީ ތުހުމަތު ކުރަމުން ނެވެ.

އަލީ ރަމީޒް ފާހަގަ ކުރެވިގެންދަނީ އިސްލާމް ދީނާއިބެހޭ ގޮތުން ބޭނުންތެރި މުހިންމު މައުލޫމާތު ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަރުދެއްގެ ގޮތުގަ އެވެ.

މިދިޔަ އަހަރުތަކުގައި ސަލަފުން ހިންގި ވަރަށް ގިނަ ހަރަކާތްތަކުގައި އަލީ ރަމީޒުގެ މުހިންމު ދައުރެއް އޮތެވެ.

އަލީ ރަމީޒު ދިވެހިންގެ ތެރޭގައި ފުރަތަމަ މަޝްހޫރުވީ ކުޅަދާނަ ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް، ފަހުން ލަވަކިޔުން ހުއްޓާލައި އޭނާ ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved