
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި މުސްލިމުންނާ ދެކޮޅުވެރި ނަރނދްރަ މޯދީ ގެންނާތީ ފަރްސްޓު ލޭޑީގެ ބޭބޭފުޅު އަދި ސަލަފް ޖަމްއިއްޔާގެ ރައީސް އަބްދުﷲ ބިން ޖަނާބު ރުޅިގަދަވެއްޖެއެވެ.
ފަރސްޓު ލޭޑީގެ ބޭބޭފުޅު އަބްދުﷲ އެކްސްގައި ކުރެއްވި މޯދީ އަކީ އިސްލާމުންގެ ބޮޑު ޢަދާވާތްތެރި އެއް، ބާބަރީމިސްކިތްތަޅާ،އެތާ ފައްޅިއަޅައި، މުސްލިމުންގެ ދުވަސްވީ ބިންތައް ފޭރެމުންގެންދާ،އެތައް މުސްލިމުންނެއް އަންދާލައި،އަޙްމަދުއާބާދު ޤަބުރުސްތާނަށްހެދި ޓެރަރިސްޓެއް.. މިރާއްޖޭގެ ކަންކަމުގެ ޝަރަފް އޭނާއަށް ދިނުމަކީ ބޮޑު މުޞީބާތެއް! https://t.co/vLqd7PM9qo
އެގޮތުން އޭނާ ވިދާޅުވީ، މޯދީއަކީ ބާބަރީ މިސްކިތް ތަޅައި އެތާ ފައްޅި އަޅައި، މުސްލިމުންގެ ދުވަސްވީ ބިންތައް ފޭރެމުންގެންދާ، އެތައް މުސްލިމުންނެއް އަންދާލައި، އަހުމަދުއާބާދު ގަބުރުސްތާނަށް ހެދި ޓެރަރިސްޓެއް ކަމަށެވެ.
އަބްދުﷲ އަކީ ރައީސްގެ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ އާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދުގެ ވެސް ބޭބެ އެވެ.
ސަލަފް ޖަމްއިއްޔާ ހިމެނޭހެން 100 އިލްމުވެރިންގެ ތާއީދާއެކު ވެރިކަމަށް ވަޑައިގެން ހުންނަވާ ރައީސް މުއިއްޒު ދީނާ ފުށު އަރާ ގިނަ ނިންމެވުންތަކެއް ނިންމަވާތީ ފާޑުކިޔުންތައް އަމާޒުވަމުން ދެއެވެ.










