March 22, 2026
Advertisement
ސަލަފްގެ ރައީސްގެ ޕޯސްޓު ޑިލީޓު ކުރުވީ ރައީސް މުއިއްޒު އަންގައިގެން
ސަލަފްގެ ރައީސްގެ ޕޯސްޓު ޑިލީޓު ކުރުވީ ރައީސް މުއިއްޒު އަންގައިގެން / ތޭރަގްރެފިކްސް

ސަލަފްގެ ރައީސްގެ ޕޯސްޓު ޑިލީޓު ކުރުވީ ރައީސް މުއިއްޒު އަންގައިގެން: ކަން ހިނގި ގޮތް އެނގޭ މީހެއް

Jul 24, 2025, 01:07 AM
މާލެ ސިޓީ

ސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބުގެ އެކްސް ޕޯސްޓު ޑިލީޓު ކުރުވީ ރައީސް މުހައްމަދު މުއިއްޒު އަންގައިގެން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

ފަރސްޓު ލޭޑީގެ ބޭބެ އަބްދުﷲ އެކްސްގައި ޕޯސްޓުކުރެއްވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ޝަރަފްވެރިކޮށް ދިނުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ގެންނަން ދިވެހި ސަރުކާރުން ނިންމާފައިވާތީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ.

އެގޮތުން އަބްދުﷲ ވަނީ މޯދީއަކީ މުސްލިމުން މަރާ ޓެރަރިސްޓެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވަނީ އޭނާ ވިދާޅުވީ، މޯދީއަކީ ބާބަރީ މިސްކިތް ތަޅައި އެތާ ފައްޅި އަޅައި، މުސްލިމުންގެ ދުވަސްވީ ބިންތައް ފޭރެމުންގެންދާ، އެތައް މުސްލިމުންނެއް އަންދާލައި، އަހުމަދުއާބާދު ގަބުރުސްތާނަށް ހެދި ޓެރަރިސްޓެއް ކަމަށެވެ.

އަބްދުﷲ އަކީ ރައީސްގެ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ އާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދުގެ ވެސް ބޭބެ އެވެ.

މޯދީ އަކީ އިސްލާމުންގެ ބޮޑު އަދާވާތްތެރި އެއް ކަމަށާ މި ރާއްޖޭގެ ކަންކަމުގެ ޝަރަފް އޭނާއަށް ދިނުމަކީ ބޮޑު މުޞީބާތެއް ކަމަށްވެސް އަބްދުﷲ ވިދާޅުވެފައިވެއެވެ.

ނަމަވެސް އަބްދުﷲ ވަނީ ފަހުން އެ ޓްވީޓު ޑިލީޓުކޮށްލާފައެވެ. ކަން ހިނގި ގޮތް އެނގޭ މީހަކު ކިޔައިދިން ގޮތުގައި، އެ ޕޯސްޓު ޑިލީޓުކުރުވީ ސީދާ މުއިއްޒު ސާޖިދާއަށް އަންގައިގެން ސާޖިދާ މެދުވެރިކޮށް ކަމަށެވެ. އަދި ރައީސް މުއިއްޒު އެކަމާ ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވި ކަމަށާ ވިދާޅުވެފައިވަނީ އެގޮތަށް އާއިލާތެރެއިން ކަންކުރާ ނަމަ ވެރިކަން ކުރަން އުނދަގޫ ވާނެ ކަމަް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved